އެއަރ އިންޑިއާގެ އެކްސްޕްރެސް ފްލައިޓް އައިއެކަސް 1344 ރަންވޭއަށް ޖައްސަން އުޅުމުގެ ތެރޭގައި އަރިއަޅާލާ ރަންވޭމައްޗަށް ވެއްޓިއްޖެއެވެ.

ބޯޓު ވެއްޓުނު ހާދިސާގައި މިހާތަނަށް 16 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ބޯޓް ދުއްވަން ތިބި ދެޕައިލެޓުން ހިމެނެއެވެ. 89 ވަރަކަށް މީހުންނަށް ވަނީ އެކިވަރުގެ ސީރިއަސް އަނިޔާތައް ލިބިފައެވެ. އޭގެ ތެރެއިން 15 މީހުންގެ ޙާލު ވަރަށް ގޯސްކަމަށް މަޢުލޫމާތު ލިބެއެވެ.

Ad
rt

މިބޯޓަކީ ދުބާއީ އިން އިންޑިއާ ކެރެލާގެ ކޮޒިކޯޑޭއަށް ދަތުރުކުރި ބޮއިންގ 737 މަރުކާގެ ބޯޓެކެވެ. ބޯޓު ވެއްޓުނު އިރު އޭގައި 174 ޕަސިންޖަރުން ނާއި 10 ތުއްތުކުދިން ، 2 ޕައިލެޓުން 4 ކެބިންކްރޫ ހިމަނައިގެން ޖުމްލް 190 މީހުން ތިބިކަމަށް މައުލޫމާތު ލިބެއެވެ.

ބޯޓުވެއްޓުނުއިރު އަލިފާނުގެ ހާދިސާއެއް ހިނގާފައި ނުވާކަމަށް ވަނީ ރިޕޯރޓްކޮށްފައެވެ. ބޯޓު ވެއްޓުމާއިއެކު ބޯޓުގެ ފިއުސްލާޖް ވަނީ ބިންދައިގެންގޮސްފައެވެ.

މިރޭ ވެއްޓިފައި ވަނީ ކޮވިޑް19 އާ ގުޅިގެން ދުބާއީގައި ތާށިވެފައި ތިބި އިންޑިއާ ރައްޔިތުން ގޮވައިގެން ދަތުރުކުރި ބޯޓެކެވެ.