ދުނިޔޭގެ ބައްރުތަކުގައި ފެތުރެމުންދާ ކޯވިޑް-19 ބަލި ޖެހުނު މީހުންގެ ޢަދަދު 18.7 މިލިއަން އަރާފައިވާއިރު މިބަލީގައި މަރުވި މީހުންގެ ޢަދަދު 7 ލައްކައަށް އަރައިފިއެވެ.
މިޢީ މިބަލި ޖެހުނު މީހުންގެ 6% އެވެ. މިބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 11.9 މިލިއަން މީހުންނެވެ. މިވަގުތު 6,078,681 މިލިއަން މީހުންނަށް ފަރުވާދެމުންދާއިރު ހާލު ސީރިއަސްކޮން ތިބީ އޭގެތެރެއިން 1% މީހުންނެވެ. އެއީ 65,346 މީހުންނެވެ.
ޕޮޒިޓިވްވި މީހުންގެ ޢަދަދު: 18,708,865 (އަށާރަ މިލިއަން ހަތް ލައްކަ އަށް ހާސް އަށްސަތޭކަ ފަސްދޮޅަސް ފަހެއް)
މަރުވި މީހުންގެ ޢަދަދު: 704,438 (ހަތް ލައްކަ ހަތަރު ހާސް ހަތަރުސަތޭކަ ތިރީސް އަށެއް)
ރަނގަޅުވި މީހުންގެ ޢަދަދު: 11,925,746 (އެގާރަ މިލިއަން ނުވަ ލައްކަ ފަންސަވީސް ހާސް ހަތްސަތޭކަ ސާޅިސް ހަ އެއް)
ކޯވިޑް ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވާ ޤައުމުގެ ގޮތުގައި އޮތީ އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވެފައިވާ ދުނިޔޭގެ ގަދަ ބާރު، އެމެރިކާއެވެ. އެގައުމުން އެކަނި ވެސް 160,290 މީހުން މިހާތަނަށް މިބަލީގައި މަރުވެފައި ވާއިރު އެގައުމުގައި އެބަށްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4,918,420 އަރާފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 2,481,680 މީހުންނެވެ.
ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޤައުމުގެ ގޮތުގައި އޮތީ 2,808,076 މީހުން ޕޮޒިޓިވް ވެފައިވާ ބްރެޒިލްއެވެ. އެ ޤައުމުން ވަނީ 96,096 މީހުން މަރުވެފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 1,970,767 މީހުންނެވެ.
ތިން ވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ވެފައިވަނީ އަވައްޓެރި އިންޑިޔާއިންނެވެ. އެ ޤައުމުން 1,910,681 މީހުން ޕޮޒިޓިވްވެ 39,856 މީހުން ވަނީ މަރުވެފައެވެ. ތިންވަނައަށް އެންމެ ގިނަމީހުން މަރުވެފައިވަނީ މެކްސިކޯއާއި އިންގިރޭސިވިލާތުންނެވެ.
ޤައުމުތަކުގެ އިގްތިސޯދު ފުނޑުފުނޑުވެ ގޮތް ހުސްވުމުން ބައެއް ޤައުމުތަކުން މިހާރުވަނީ ޤައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ފަށާފައެވެ. އަދި ބަލި ކޮންޓްރޯލްވިކަމަށް ބުނެވެސް ބައެއް ޤައުމުތަކުން ދަނީ ލުއި ދެމުންނެވެ. މިބަލި ކުރިން އެންމެ ބާރަށް ފެތުރެންފެށި ޔޫރަޕުން ބަލި ފެތުރުން ކޮންޓްރޯލް ވުމުގައި ކުރިއެރުން ހޯދާފައިވިޔަސް ދުނިޔޭގެ އެހެން ބައެއް ސަރަޙައްދުތަކުން ބަލި ޖެހޭ މީހުންގެ ނިސްބަތް އަންނަނީ އިތުރު ވަމުންނެވެ.
މިހާތަނަށް 4,446 މީހުންނަށް ބަލިޖެހިފައިވާ، ދިވެހިރާއްޖެ އޮތީ މިލިސްޓްގެ 104 ވަނައިގައެވެ.
މިބަލި ކޮންޓްރޯލް ކުރުމުގައި އަދި އެދެވޭ ކާމިޔާބީއެއް ހޯދިފައި ނުވާއިރު، ދުނިޔޭގެ 215 ޤައުމަކަށާއި، ސަރަހައްދަށް މިހާރު ވަނީ މި ބަލި ފެތުރިފައެވެ. ނަމަވެސް މިބަލީގައި މަރުވާ މީހުންގެ އަދަދު މިހާރު ދުނިޔޭން އަންނަނީ ދަށްވަމުންނެވެ. އަދި ބަލިން ފަސޭހަވާ ނިސްބަތްވެސް އަންނަނީ މަތިވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!