1725 ވަނަ އަހަރު ސްޕެއިންގެ މެޑްރިޑްގައި ހިދުމަތްދޭންފެށި "ރެސްޓުރާންޓޭ ބޮޓިން" ވަނީ ދުނިޔޭގެ އެންމެ ދުވަސްވީ ރެސްޓޯރެންޓްގެ މަގާމު ގިނީސް ވޯލްރޑް ރެކޯރޑް ފޮތުން ހޯދާފައެވެ.
ނަމަވެސް ޔޫރަޕްއަށް ކޮވިޑް-19 ފެތުރެންފެށުމުން ރެސްޓޯރެންޓް ބަންދުކުރަންވަނީ މަޖުބޫރުވެފައެވެ. ބޮޓިންގެ ޖެނެރަލް މެނޭޖަރ އެންޓޯނިއޯ ގޮންޒާލެޒް ބުނެފައިވާގޮތުގައި ޕެންޑަމިކައާޢި ގުޅިގެން ބަންދުކުރަން ޖެހުމުން ވަރަށް ހިތްދަތިވިއެވެ. ސަބަބަކީ މީގެކުރިން ދުވަހަކުވެސް މިރެސްޓޯރެންޓް ބަންދުކޮށްފައިނުވުމެވެ. ސްޕެނިޝްގެ ހަނގުރާމަ ދުވަސްވަރުވެސް އޭނާގެ ކާފަ ރެސްޓޯރެންޓް ބަންދުނުކޮށް ކުރިއަށް ގެންދިޔައެވެ.

މިރެސްޓޯރެންޓުގައި ލިބެންހުންނަނީ ސްޕެއިންގެ ތަފާތު ސަގާފީ ކެއުންތަކެވެ. ޕެންޑަމިކްގެ ކުރިން ހަފްތާއަކު 3 ނޫނީ 4 ފަހަރު ރެސްޓޯރެންޓްގެ ޝެޕައް ތާފާތު އެއްގަމުމަހުގެ ތާޒާ ޝިޕްމަންޓެއް ލިބެއެވެ. ނަމަވެސް ޕެންޑަމިކްއަށްފަހު އެއްގަމުމަސް ލިބުން ވަނީ ދަތިވެފައެވެ. މިރެސްޓޯރެންޓްގެ މޭޒުތައް ހުންނަނީ އާސާރީ އެކި ކޮޓަރިތަކުގައި ކެއުމަށް ތިބެވޭގޮތަށެވެ. ބޮޓިން އާއިލާއަށް މިރެސްޓޯރެންޓް ހިންގުމަށް 20 ވަނަ ގަރުނުގައި ލިބުމަށްފަހު 1930 ގޮންޒާލެޒްގެ ކާފަ އަދި މާމާ ރެސްޓޯރެންޓްއާއި ހަވާލުވެ ވިޔަފާރި ފުޅާކުރިއެވެ.

ޕެންޑަމިކްއަށްފަހު ޖުލައި 1 ގައި މިހާރު ރެސްޓޯރެންޓް އަލުން ހުޅުވިނަމަވެސް ދުވާލަކު ހިދުމަތް ދެނީ 60 ވަރަކަށް މީހުންނަށެވެ. މީގެ ކުރިން އެތަނުން ދުވާލަކު 600 ވަރަކަށް މީހުން ހިދުމަތް ހޯދައެވެ. ގޮންޒާލެޒްގެ އުންމީދަކީ މިކަމާ ނާއުންމީދުނުވެ މުސްތަގްބަލުގައި ރެެސްޓޯރެންޓްގެ ހިދުމަތް ކުރިއެކޭ އެއްފަދައިން ދިނުމަށް ތައްްޔާރުވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!