ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ބާރުގަދަ ގޮވުމެއް ގޮވައި، ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެއްޖެ އެވެ.
ބެއިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ މީސްމީޑީޔާގައި އާންމުވެފައެވެ. ބޭރުގެ ނޫސް އެޖެންސީތަކުން ބުނާ ގޮތުގައި ބާރުގަދަ ގޮވުމެއް ގޮވާފައި ވަނީ ބޭރޫތުގެ ބަނދަރު ސަރަހައްދުގަ އެވެ. ނަމަވެސް އެ ގައުމުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން އެކަމާގުޅޭ އެއްވެސް މަޢުލޫމާތެއް ދީފައެއް ނުވެއެވެ. އަދި ބާރުގަދަ ގޮވުމެއް ގޮވި ސަބަބެއް ވެސް ވަނީ ސާފުވާ ގޮތް ނުވެއެވެ.
ބަނދަރު ސަރަހައްދުގައި ހިނގި އެ ހާދިސާގައި އެތާ ކައިރީ ހުރި އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބި، މުޅި ސިޓީގެ އެކި ސަރަހައްދުތަކުގައި ހުރި އިމާރާތްތަކުގެ ކުޑަދޮރުތައް ތަޅައިގެން ގޮސްފައިވެ އެވެ.
އެ ގޮވުމަށް ފަހު، ބޭރޫތުގެ ބަނދަރުގައި ވެޔާހައުސްތައް ހުންނަ ސަރަހައްދުން ބޮޑު ދުންގަނޑެއް އަރާ މަންޒަރު ވީޑިއޯތަކާއި ފޮޓޯތަކުން ފެނެ އެވެ.
ބޭރޫތުގައި ދެވަނަ ގޮވުމެއްވެސް އަޑު އިވިގެން ދިޔަ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރި ނަމަވެސް އެ ގޮވުންތައް ހިނގި ސަބަބެއް އަދި އެނގިފައި ނުވެ އެވެ.
There was an enormous explosion in Beirut, Lebanon today.
Initial reports are that a seized shipment of explosives detonated at the port.
There is catastrophic damage as far as 10 km (6 miles) away.
There are hundreds dead or wounded. It is too early to know how many. pic.twitter.com/NeBcDBq2Lx
— Please Follow My Other Account (@TruthAbtChina2) August 4, 2020
ބެއިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާންމުވެފައެވެ. ބޭރުގެ ނޫސް އެޖެންސީތަކުން ބުނާ ގޮތުގައި ބާރުގަދަ ގޮވުމެއް ގޮވާފައި ވަނީ ބެއިރޫތުގެ ޕޯޓްގަ އެވެ. ނަމަވެސް އެ ގައުމުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން އެކަން ޔަގީން ކޮށްދީފައެއް ނުވެއެވެ.
އަދި ބާރުގަދަ ގޮވުމެއް ގޮވި ސަބަބެއް ވެސް ވަނީ ސާފުވާ ގޮތް ނުވެއެވެ
Incredible close in view of the explosion in Beirut today#Lebanon #Beirut pic.twitter.com/5nhD4pZzMj
— CNW (@ConflictsW) August 4, 2020
ބެއިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވުމާއި ގުޅިގެން ދުނިޔޭގެ ވަރުގަދަ ނިއުސް ޗެނަލްތަކުން މިހާރު ދަނީ ހާއްސަ ލައިވް ކަވަރޭޖްތައް ގެނެސް ދެމުންނެވެ. ހުރިހާ މީޑިއާތަކުންވެސް ވަނީ ލުބުނާނު ސަރުކާރުގެ ރަސްމީ ކޮމެންޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ބުނެފައެވެ. ނަމަވެސް ބާރުގަދަ ގޮވުމާއި ގުޅިގެން އެތައް ސަތޭކަ ބަޔަކަށް އަނިޔާވެ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ ކަމަށް ބުނެފައިވެއެވެ. އަދި ގިނަ އިމާރާތްތަކަކަށް ގެއްލުންވެ، އެތައް ސަތޭކަ ވެހިކަލްތަކަކަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް ވަނީ ބުނެފައެވެ.
Toxic plume remains over Beirut Skyline. pic.twitter.com/CkDZVtQgKg
— Aditya Raj Kaul (@AdityaRajKaul) August 4, 2020
ބައެއް މީހުން އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި ކަމަށްވެސް ރިޕޯޓު ކުރަމުންދާއިރު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
މިފަދަ ގޮވުމެއް ލުބްނާނުގައި ގޮއްވާލާފައިމިވަނީ 2005 ވަނަ އަހަރު އަވަހާރަކޮށްލާފައިވާ އެގައުމުގެ ކުރީގެ ބޮޑުވަޒީރު ރަފީކް ހަރީރީގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ހަތަރު މީހުންގެ މައްސަލަ ނިންމި ގޮތް އިއުލާން ކުރަން ވަގުތު ކުޑަތަންވެފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން އދ.ގެ ޓްރައިބިއުނަލްއަކުން ބެލި އެ މައްސަލައިގެ ނިންމުން ހުކުރު ދުވަހު އިއުލާން ކުރުމަށް ވަނީ ހަމަޖެހިފައެވެ. ރަފީކް ހަރީރީ އަވަހާރަކޮށްލި މައްސަލައިގެ ތުހުމަތު ކުރެވިފައިވަނީ ހިޒްބުއްﷲ ޖަމާއަތުގެ ހަތަރު މީހަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!