ރާއްޖެ ފަދަ ހޫނު ގަދަ ޤައުމެއްގައި އުޅޭއިރު ދާހިތްލުމުގެ ސަބަބުން އަޅުގަނޑުމެންގެ އަގުހުރި ގަހަނާ ވަރަށްބޮޑަށް ހަޑިވެއެވެ. އެހެންކަމުން ގަހަނާއަކީ ވެސް ވަރަށް ސާފުތާހިރުކޮށް ގެންގުޅެންޖެހޭ އެއްޗެކެވެ.
އެހެން ކަމުން، ގަހަނާ ސާފުކުރުމުގައި ވިސްނަން ޖެހޭ ބައެއްކަންކަން ހިމަނައިލާނަމެވެ.
1. ގަހަނާ ޑިސްއިންފެކްޓު ކުރުން ރަނގަޅެއް ނޫން
ގަހަނާ ޑިސްއިންފެކްޓު ކުރުމަކީ އެހާ ރަގަޅުކަމެއް ނޫނެވެ. ބްލީޗް، ކްލޮރިން އަދި އަލްކަހޯލް ފަދަ ބާރުގަދަ ކެމިކަލަކީ ގަހަނާ އުފަށްދާފައި ހުންނަ މައުދަންތަކަށް އެހޭ ރަނގަޅު އެއްޗެއްނޫނެވެ.
2. ގަހަނާ ޕޮލިޝް ކުރައްވާ
ގަހަނާ ޕޮލިޝް ކުރުމަށް ޚާއްޞަ ފޮތި ބާޒާރުގައި އަގުހެޔޮކޮށް ލިބެންހުރެއެވެ. މިފަދަ ފޮތިކޮޅެއް ނެތްނަމަ އައިނު ފުހޭ ފޮތި ކޮޅެއްވެސް ބޭނުން ކުރެވިދާނެއެވެ. ފޮތިކޮޅު ބޭނުން ކޮށްގެން ގަހަނާ ޕޮލިޝްކުރުމުން ގަހަނާއަށް ރީތި އޮފްކަމެއް އަންނާނެއެވެ.

3- ގަހަނާ ފެނުގައި ކައްކާލުން
ބިއްލޫރި ތައްޓަކަށް ފެންއެޅުމަށްފަހު ގަހަނާތަށް އެ ތަށްޓަށް އަޅައިގެން ކައްކާލުމަކީ ހަރަދެއް ނުގޮސް ގަހަނާ ސާފުކޮށްލަން ގޭގައި ކުރެވިދާނެ ކަމެކެވެ. މިގޮތަށް ކައްކާލުމަށްފަހު ފެންކޮޅު ހިހޫ ވަންދެން ފެނުގައި ގަހަނާ ބެހއްޓުމަށްފަހު ފުހެލާށެވެ.
4- ގަހަނާ ދޮވުން
ގަހަނާ ޑީޕްކްލީން ކޮށްލަން ބޭނުންނަމަ ތައްޓަކަށް ޝޭމްޕޫ ކޮޅަކާއި ތާފަނާ ފެންފޮދެއް އެޅުމަށްފަހު ގަހަނާ އެ ފެނުން ރީތިކޮށް ދޮންނާށެވެ.

5- ދަތްއުނގުޅާ ބުރުސް ބޭނުންކޮށްގެން ގަހަނާ ސާފުކުރުން
ބައެއް ގަހަނާ ފަރުމާ ކޮށްފައި ހުންނަގޮތުން ފަހަރެއްގައި ސާފުކުރަން އުނދަގޫ ބައެއް ތަންތަން ހުރެދާނެއެވެ. މިފަދަ ތަންތަން ދަތްއުނގުޅާ ބުރުހެއް ބޭނުންކޮށްގެން އުނގުޅާލާށެވެ.
6- އަލްޓްރާސޮނިކް ކްލީނާރ
ގަހަނާ އަތުން ސާފުކުރަން ބޭނުން ނުވާނަމަ ގޭގައި ބޭނުން ކޮށްލަން ފަސޭހަ އަލްޓްރާސޮނިކް ކްލީނަރ ބޭނުން ކުރެވިދާނެއެވެ. އަލްޓްރާސޮނިކް ކްލާނަރ އަކުން ގަހަނާގެ އިތުރުން އަތުކުރީ ގަޑިއާއި އައިނުވެސް ސާފުކޮށް ލެވޭނެއެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!