މާލެއަތޮޅު ދިއްފުށި ކައިރީގައި އުޅެނިކޮށް ފެނުނު ބޭރުގެ މަސްބޯޓު ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އެމްއެންޑީއެފުން ބެނެފައިވަނީ ދިއްފުއްޓާއި ދިމާލު ބޭރުން މަސްބޯޓެއް ފެނުނުކަމުގެ ރިޕޯޓްކޮށްފައި ވަނީ އެސަރަހައްދުން މަސްވެރިކަންކުރަމުންދިޔަ ދެ ދޯންޏަކުންކަމަށެވެ. މިހާރު މި މަސްބޯޓް ކޯސްޓްގާޑްގެ ބެލުމުގެ ދަށުން ހުޅުމާލޭ ފަޅަށް ވަނީ ވައްދާފައެވެ. އަދި މި ބޯޓް މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށްވެސް އެމްއެންޑީއެފް ނޫސްވެރިންނަށް މަޢުލޫމާތުދެމުން ބުނެފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ލަންކާގެ މަސްބޯޓެކެވެ. އަދި މި ބޯޓް އަތުލައިގަތްއިރު މިބޯޓުގައި 6 މީހުން ތިބިކަމަށް މައުލޫމާތުލިބިފައިވެއެވެ.
މި ބޯޓް ހަރަކާތްތެރިވާކަމުގެ ރިޕޯޓް ކޯސްޓްގާޑް އެމްއާރުސީސީއަށް ކޮށްފައިވަނީ އަސަރީ ދޯންޏާއި ކިންގފިޝަރ ނަމަކަށް ކިޔާ ދެ ދޯނިންނެވެ.

ބޭރުގެ މަސްބޯޓުތައް ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން މަސްވެރިކަންކުރާ މައްސަލައަކީ ދޭތެރެދޭތެރެއިން ފާހަގަ ކުރެވޭކަމެކެއެވެ. އަދި މިފަދަ ބޯޓުތައް އަތުލައިގަތުމުގައި ދިވެހި މަސްވެރިންނާއި މަސްވެރި އުޅަނދުތަކުން ވަރަށް ބޮޑު އެއްބާރުލުންތަކެއް ދެމުންއަންނަކަން ކޯސްޓްގާޑުން ފާހަގަކުރައްވަފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!