އިތުރު 77 މީހުން މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޢަދަދު 3252 އަށް އަރައިފިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދުވެސް ގިނައީ ދިވެހިންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ދިވެހިންގެ 56 މީހުންނާއި، ބަންގްލަދޭޝްގެ 20 މީހުންނާއި، އިންޑިއާގެ މީހެކެވެ.
މިއާއެކު ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މީހާރުވަނީ 3252 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން މިބަލިން ރަނގަޅުވެފައިވަނީ 36 މީހުންވެ. މިހާރު ބައްޔަށް ފަރުވާދެމުން އަންނަނީ 688 މީހަކަށެވެ.
ކޯވިޑް-19އަށް ޓެސްޓްކުރުމަށް މިހާތަނަށް ރާއްޖޭގައި ވަނީ 71،974 ސާމްޕަލް ނަގާފައެވެ. މިހާތަނަށް މިބަލީގައި 15 މީހަކު ވަނީ ނިޔާވެފައެވެ.
އައްޑޫ ސިޓީއާ ފުވައްމުލައްސިޓީގެ އިތުރުން އިހަވަންދޫގައި ކޯވިޑް19 އަށް ފަރުވާދޭ ފެސިލިޓީތަށް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ޢަމީން ވިދާޅުވީ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން އަދަދު މިހާރު ގިނަވަމުންދާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ޚާއްސަކޮށް މާލެ ސަރަހައްދުން ބަލީގެ ކޭސްތައް ފެނުން އިތުރުވެފައިވާއިރު ހުރިހާ ފަރާތަކުންވެސް އިތުރަށް ސަމާލުވެރައްކާތެރިވާން ޖެހިފައިވާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!