ހުޅުމާލޭގައި އެމްޕީއެލްއިން ހަދަމުންދާ އިމާރާތުގެ 14 ވަނަ ފަންގިފިލާއިން ވެއްޓުނު ބިދޭސީއަކު ނިޔާވެއްޖެ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މީޑީޔާ ތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ ހުޅުމާލެ ފޭސް 2 ގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހަދަމުންދާ އިމާރާތެއްގެ 14 ވަނަ ފަންގިފިލާ އިން ބިދޭސީއަކު ވެއްޓިފައިވާކަމުގެ މައުލޫމާތު މިއަދު 13:40 އެހައިކަންހާއިރު ފުލުހުއްނަށް ލިބިފައިވާކަމަށެވެ.

Ad
rt

ފުލުހުން ބުނެފައިވަނީ އެމީހާ ހުޅުމާލެ ހޮސްޕިޓަލް އަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައިކަމަށެވެ.

ނިޔާވެފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަމަށާއި މި ހާދިސާ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.