ކަރަންޓީން ފެސިލިޓީއަކުން ފިލައިގެން އުޅޭ ބަހާދުރު ކުމިލަ، ނަމަކަށް ކިޔާ ބަނގުލަދޭޝް ރައްޔިތަކު ހޯދަން ފުލުހުން އިޢުލާންކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ފުރަބަންދާ ގުޅިގެން ކަރަންޓީން ފެސިލިޓީއެއްގައި ބަހައްޓާފައިވަނިކޮށް ފިލާފައިވާތީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާތީ ހޯދަމުންދާ މީހެއްކަމަށެވެ.

Ad
rt

މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ: ބަހާދުރު، ކުމިލަ، ބަނގުލަދޭޝް (ޕާސްޕޯޓު ނަންބަރު: BP0762231)

އޭނާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށް ފުލުހުން ބުނެފައިވެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ފުލުހުން ބުނެފައިވެއެވެ.