ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްލާހު ހުށަހެޅުއްވުމުން ބޮޑެތި ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ.
"އެއްދީނެއް، އެއްއުންމަތެއް، އެއްބަހެއް، އެއްބައެއް، އެއްޘަގާފަތެއް" ދިވެހިން ބުނަނީ މިނޫންގޮތެއް ބޭނުމެއްނޫނޭ!
މިއީ ދިވެހި ޒުވާންފުރައިގެ ކަންބަލެއް އެކަމަށް ދެއްވާފައިވާ ރައްދެކެވެ.
މިކަމާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް އަޑު އުފުލަމުން އަންނަނީ ވަކި އުމުރު ފުރައެއްގެ ބަޔެއް ބޫނެނެވެ. މިކަމުގައި މީންޒަމާނަކު ސިޔާސީ ގޮތުން ބަހެއް ބުނެފައި ނުވާ އެތައް ޒުވާނުންނެއް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަންހެނެއް ފިރިހެނެއް މިކަމުގައި ތަފާތެއްނެތި އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގައި ދާއިރާތައް ތަމްސީލު ކުރައްވަމުން އަންނަ މެންބަރުން މިބިލަށް ވޯޓު ނުދިނުމަށްވެސް އަންނަނީ އަޑު އުފުލަމުންނެވެ. މިއިސްލާހު އަނބުރާނެގުމަށް އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުންވެސް އަންނަނީ ގޮވާލަމުންކަން ފާހަގަ ކުރެވެއެވެ.
މިކަމާއި ދެކޮޅައް ހުރިހާ ދިވެހިން އިހުތިޖާޖު ކުރަންޖެހޭ، މިނުބައި ރޭވުމުން އަޅުގަނޑުމެންގެ ދީނާއި، މިނިވަންކަމާއި އިސްތިގްލާލު ސަލާމަތް ކުރަން މަސައްކަތް ކުރުމީ ކޮންމެ ދިވެއްސެއްގެ ބޮލުގަ އެޅިފައޮއް ޒިއްމާއެއް
މިކަމާއި ގުޅޭގޮތުން މީހަކު ފާޅުކޮށްފައިވާ ހިޔާލެއްގައި ބުނެފައިވެއެވެ.
މި އިސްލާހުގައި، ދިގު މުއްދަތަކަށް ކުއްޔަށް އުޅޭ ބިދޭސީންނަށާއި، އެއް ލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖެގައި ކުރާ ބިދޭސީންނަށްވެސް ރެސިޑެންޓް ވިސާ ދިނުމަށް ހިމަނާފައިިވެއެވެ.
ރައީސް ނަޝީދު މިގޮތަށް ހުށަހެޅުއްވީ، އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލް އެ ކޮމިޓީން ދިރާސާކޮށް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމަން ފޮނުވުމުން، އަނބުރާ ކޮމިޓީ އަށް ބިލު ފޮނުއްވަމުންނެވެ. އެމަނިކުފާނު އެދިވަޑައިގެންވީ، ރިޔާސަތުން ހުށަހަޅާފައިވާ އިސްލާހާއެކު، އެ ބިލާ މެދު އަލުން ކޮމިޓީއިން ވިސްނުމަށެވެ.
އިމިގްރޭޝަން ގާނޫނު މިހާރު އޮތް ގޮތުން ރެޒިޑެންސް ވިސާ ދެނީ، އެންމެ ދެހާލަތަކަށެވެ. އެއީ ދިވެއްސަކާ ކައިވެނި ކުރާ ބިދޭސީންނަށާއި ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްގެންއުޅޭ ބިދޭސީއަކަށް ދެވޭ ހުއްދައެއްގެ ދަށުންނެވެ. ނަމަވެސް އެ އިންވެސްޓުމަންޓުގެ އަދަދު ގާނޫނުގައި ބަޔާންކޮށްފައި ނުވެއެވެ.
އެހެން ނަމަވެސް، އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ހަދާފައިވާ ކޯޕަރޭޓް ރެޒިޑެންޓް ވިސާގެ ގަވައިދުގައި ބުނާ ގޮތުން، ވިޔަފާރިވެރިންނަށް ކޯޕަރޭޓް ރެޒިޑޭންޓް ވިސާ ދެވޭނީ، ރާއްޖޭގައި 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ގެ އިންވެސްޓުކޮށްފައިވާ ފަރާތްތަކާއި، އެއް މިލިއަން ޑޮލަރު (15.4 މިލިއަން ޑޮލަރު) ރާއްޖޭގެ ބޭންކެއްގައި ދެ އަހަރު ދުވަހުގެ މުއްދަތަށް ޑިޕޮސިޓްކޮށްފައިވާ ފަރާތްތަކަށާއި ނުވަތަ މާލީ މުޤާބިލެއް (މާލީ ސެކިއުރިޓީއެއް) ގައި، އެއް މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާ ފަރާތްތައް ކަމަށް ބަޔާން ކޮށްފައިވެއެވެ. އަދި ސަރުކާރުގެ ވުޒާރާއަކުން ހުއްދަކުރާ ރިއަލްއެސްޓޭޓްގައި، މަދުވެގެން އެއް މިލިއަން ޑޮލަރަށްވުރެ މަދުނުވާ އަދަދަކަށް އިންވެސްޓްކޮށްފައިވާ ފަރާތްތައްކަށް ކަމަށްވެސް އެ ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!