މޫސުން ގޯސްވެ ހއ އަތޮޅުން ފެށިގެން ޅ އަތޮޅާއި ހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފިއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައި ވަނީ މިއަދު ހެނދުނު 8:15 އިން ފެށިގެން މެންދުރު 12:30 އާއި ހަމައަށް ހއ އަތޮޅުން ފެށިގެން ޅ އަތޮޅާއި ހަމައަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރާ ކަމަށެވެ.
އެހެން ކަމުން އެ ސަރަހައްދަށް އެވަގުތު ތެރޭގައި ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވައިޓް އެލާޓް ނެރެފައެވެ.

މިދުވަސްވަރު ދަނީ ރާއްޖެގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރަމުންނެވެ. އަދި ބައެއް ސަރަޙައްދު ތަކުގެ ރަށްތަކަށް ރާޅު އެރުމުގެ ހާދިސާ ތަކާއިވެސް ވަނީ ކުރިމަތި ލާން ޖެހިފައެވެ.
މިގޮތުން މިދިޔަ ހަފުތާ ތެރޭގައި ވަނީ އައްޑޫ ސިޓީގެ މަރަދޫއަށް ވަރަށް ބޮޑަށް ރާޅު އަރާފައެވެ. އަދި ލ. މާވަށަށް ހަތަރު ފޫޓުގެ ރާޅެއް އަރައި އެރަށުގައި ވަނީ ފެން ބޮޑުވެ، އެރަށުގެ 100 ވަރަކަށް ގެއަށް ވަނީ ގެއްލުން ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!