މާލޭގައި 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާކޮށް، ބިރު ދައްކާ، ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާކޮށް ބިރު ދައްކާ ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ރޭ ފަތިހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅިފައި ވާކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި ފުލުހުން ދަނީ އެމައްސަލަ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ބުންޏެވެ.
ފަހަކަށް އައިސް ރާއްޖޭގައިވެސް ޖިންސީ ގޯނާގެ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. އަދި ރޭޕްގެ މައްސަލަތަކާއި، ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުންގެ ޖިންސީ ފުރައްސާރައިގެ މައްސަލަތައްވެސް ދަނީ އިތުރުވަމުންނެވެ.
މިފަދަ ނޭއްގާނީ އަމަލުތަކާއި ދެކޮޅަށް އަޑުއުފުލުންވެސް ވަނީ އެތައް ގުނައެއް އިތުރުވެގެން ގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!