ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަޑިޖެހިގެން މަޖިލީހަށް ހާޒިރުވާތީ އެކަމާއި ގުޅިގެން އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގަޑިއަށް ހާޒިރުނުވެވޭ މެމްބަރުންގެ މުސާރައިން ގަޑި ޖެހޭ ކޮންމެ ފަހަރަކު ބައެއް އުނިކުރެވޭނެ ފަދަ ގޮތަކަށް ޤަވާއިދު ބަދަލުކުރުމަށް އެދި މަޖިލީހަށް ހުށައަޅައިފިއެވެ.

މިއަދު މަޖިލީހުގެ ތަޅުމަށް ހާޒިރުވި މެމްރުން މަދުވެ ކޯރަމްގަޑިއަށް ހަމަނުވުމާއި ގުޅިގެން ހިތްހަމަ ނުޖެހުން ފާޅުކުރައްވައި މަޖިލީހުގެ ރައީސް ވިދާޅުވީ މެމްބަރުން ހުވާތަކެއް ކުރައްވައިގެން ތިއްބެވީ ޒިންމާތައް އަދާކުރެއްވުމަށް ކަމަށާއި އެ މެމްބަރުން ޖަލްސާތަކަށް ވަޑައިގެންނެވުމާއިއެކު ސޮއެ ކުރެވެނޭ އިންތިޒާމެއް ހަމަޖައްސައި ގަޑި ވެސް ނޯޓްވެސް ކުރެވޭނެ ގޮތެއްކަނޑައަޅުއްވަންޖެހޭކަމަށެވެ. މަޖިލީހުގެ ޖަލްސާތަކަށް ގަޑިޖެހިގެން ވަޑައިގަންނަވާ މެމްބަރުންގެ މުސަރައިން ކެނޑޭގޮތަށް މަޖިލީހުގެ ޤަވާއިދަށް ވަނީ އިސްލާހު ހުށަހަޅުއްވައި.

Ad
rt

މަޖިލީހުގެ މަސައްކަތް ކުރިއަށްދާނީ މެމްބަރުން ގަޑިއަށް ހާޒިރުވެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގެންނެވުމުން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ ހެނދުނު 08:30 ގައި މަސައްކަތް ފެށި 09:00އެއީ ޖަލްސާ ފެށޭ ގަޑިކަމަށާއި އިއްޒަރްތެރި މެމްބަރުން މަޖިލީހަށް ވަޑައިގެން ގަޑި ޖެއްސެވުމަކީ ކުރަންޖެހޭ ކަމެއްކަމަށްވެސް މަޖިލީހުގެ ރައީސްވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން މުސާރައާއި ގަޑިއާއި ގުޅުން އޮންނާނެކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ އިނާޔަތްތަކާއި ރަނގަޅު މުސާރައެއްގެ އިތުރުން އެނޫންވެސް އެހެން ޚިދުމަތްތަކެއް ވަޒީފާގެ ގޮތުން ކަނޑައެޅި ލިބެމުން އަންނަ ފަރާތްތަކެވެ. އެގޮތުން82،000 ރުފިޔާ ކޮންމެ މަހަކު ލިބުނު ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ މުސާރަ ކުޑަކުރުމަށް ނިންމި ނިންމުމާއެކު މެމްބަރުންގެ މުސާރަވެސްވަނީ ކުޑަކޮށްފައެވެ.

އެގޮތުން މިހާރު ކޮމިޓީ އެލަވަންސްތަކާއެކު މެމްބަރުންނަށް ލިބިވަޑައިގަންނަވާނީ 69،750 ރުފިޔާއެވެ.