ފްރާންސް އަށް ނިސްބަތްވާ ޒުވާން މިޑްފީލްޑަރު ޕޯލް ޕޮގްބާ މެންޗެސްޓާ ޔުނައިޓެޑް އާއި އެކު އިތުރު 5 އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއެ ކުރަން ގާތް ވެއްޖެ ކަމަށް އިގިރޭސި މީޑިއާގައި ދަނީ އަޑު ފެތުރެމުންނެވެ. ޚަބަރު ލިބޭގޮތުގައި މި ސީޒަން ނިންމާފައި އޭނާ ކޮންޓްރެކްޓް އާ ކުރާނެ ކަމުގައި ބެލެވެއެވެ.
2016 ވަނަ އަހަރު އޭރުގެ ދުނިޔޭގެ ރިކޯޑު އަދަދެއް ކަމުގައި ވާ 150 މިލިއަން ޕައުންޑުގެ އަގަކަށް ޕޮގްބާ ޔުނައިޓެޑް އާއި ގުޅުނީ އުންމީދީ ކުޅުންތެރިއެއްގެ ގޮތުގައެވެ. ފާއިތުވެދިޔަ ސީޒަން ތަކުގައި ފެނިގެން ދިޔައީ އޭނާ ގެނައުމަށް ޔުނައިޓެޑް އިން ކުރި ބޮޑު ހަރަދާއި އެއްވަރަށް ނަތީޖާ ނުނެރެވޭ ތަނެވެ. އެހެންނަމަވެސް މިފަހުން ކުޅުނު މެޗުތަކުގައި މިއަހަރު އަލަށް ޔުނައިޓެޑް އާއި ގުޅުނު ބްރުނޯ ފެނާންޑެޒް އާއި އެކު ޕޮގްބާ ޓީމުގެ މެދުތެރެ ހިފަހައްޓަމުން ދަނީ ވަރަށް ފުރިހަމަ އަށެވެ.
ޔުނައިޓެޑް ގެ ކޯޗު އޮލޭ ވަނީ ބަސްދީގަތުމެއްގައި ޕޮގްބާގެ ކުޅުން ފާހަގަކޮށް، ރަނގަޅު ފޯމަކު ހުރި ހިނދެއްގައި އެނާ އަކީ ދުނިޔޭގެ ކޮންމެ ޓީމެއްގެ ފުރަތަަމަ އެގާރައިން ޖާގަ ލިބޭނެ ކުޅުތެރިއެއް ކަން އޭނާ ގިބޫލުކުރާ ކަމށް ބުނެފައެވެ. ޕޮގްބާ ފަދަ ހުނަރުވެރި ކުޅުންތެރިއެއް ޔުނައިޓެޑް ގައި އިތުރު ފަސް އަހަރު މަޑު ކުރަން އެއްބަސްވުމަކީ ހަމަގައިމުވެސް ކުލަބުގެ މުސްތަގްބަލަށް ލިބޭ އުންމީދެކެވެ.
ޕޮގްބާ ޔުނައިޓެޑް އާއި އެކު ހަދާފައިވާ އެއްބަސްވުން މިއަންނަ ސީޒަނުގެ ނިޔަލަށް ހަމަވާއިރު، އެއްބަސްވުމުގައި ވާ ގޮތުން ޔުނައިޓެޑް އިން ބޭނުން ނަމަ ކޮންޓްރެކްޓަށް އަހަރެއް އިތުރު ކުރެވޭނެއެވެ.
ޕޮގްބާ ޔުނައިޓެޑް އާއި އެކު އާ އެއްބަސްވުމަކާ ގާތަށް
ޒިޔާން އަމްޖަދު
22:26
ޚުލާޞާ
ފްރާންސް އަށް ނިސްބަތްވާ ޒުވާން މިޑްފީލްޑަރު ޕޯލް ޕޮގްބާ މެންޗެސްޓާ ޔުނައިޓެޑް އާއި އެކު އިތުރު 5 އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއެ ކުރަން ގާތް ވެއްޖެ ކަމަށް އިގިރޭސި މީޑިއާގައި ދަނީ އަޑު ފެތުރެމުންނެވެ. ޚަބަރު ލިބޭގޮތުގައި މި ސީޒަން ނިންމާފައި އޭނާ ކޮންޓްރެކްޓް އާ ކުރާނެ ކަމުގައި ބެލެވެއެވެ. 2016 ވަނަ އަހަރު އޭރުގެ ދުނިޔޭގެ ރިކޯޑު އަދަދެއް ކަމުގައި ވާ 150 މިލިއަން ޕައުންޑުގެ އަގަކަށް ޕޮގްބާ ޔުނައިޓެޑް އާއި ގުޅުނީ އުންމީދީ ކުޅުންތެރިއެއްގެ […]
ބައިތައް
ކުޅިވަރު
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!