މާކުރިންވެސް މަޝްހޫރު ކޮމޭޑިއަން ޔޫސުފް ރަފީޢު (ޔޫސޭ) ވަނީ ބިދޭސީންނަށް މުސާރަ ނުދީ މަސައްކަތް ކުރުވުމުން ވެދާނެގޮތް ސަމާލުކަމަށް ގެނެސްދީފައި ކަމަށް ކެންދޫ ދާއިރާގެ މަޖްލިސް މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
މުސާރައިގެ މައްސަލާގައި ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގައި 13 ދިވެއްސަކު ރަހީނު ކުރި މައްސަލަ ފެންމަތިވެފައި މިވާ ދަނޑި ވަޅުގައި މެމްބަރު ޢަލީ ވަނީ، ޔޫސޭ މީގެ އަހަރުތަކެއް ކުޅެފައިވާ ޑްރާމާއެއްގެ ތަންކޮޅެއް ހިމަނައި، ކޮށްފައިވާ ޓްވީޓެއް ހިމަނައި ޓުވީޓެއް ކުރަށްވާފައެވެ.
އެ ޓުވީޓުގައި ޢަލީ ވިދާޅުވީ މާކުރިންވެސް މަޝްހޫރު ކޮމޭޑިއަން ޔޫސުފް ރަފީޢު (ޔޫސޭ) ވަނީ ބިދޭސީންނަށް މުސާރަ ނުދީ މަސައްކަތް ކުރުވުމުން ވެދާނެގޮތް ސަމާލުކަމަށް ގެނެސްދީފައި ކަމަށެވެ.
އެ ވީޑިއޯގައި ބިދޭސީންތަކެއް ލައްވާ މަސައްކަތް ކުރުވުމަށްފަހު މުސާރަ ނުދީގެން ދިމާވާ ހާދިސާއެއް ދައްކުވައިދެއެވެ. އަޑުތައް އިވޭގޮތަށް ބަލާއިރު މި ހާދިސާ މިހާރު ދިމާވެގެން އުޅޭ ހާދިސާއާއި ވަރަށް ގުޅެއެވެ. ޔޫސޭ ރޫމުން ނެރުނު ޢަބުދުﷲ އެކަން އެޅުވީ ކޮންމެސް އެހެން މީހެއްގެ ބޮލުގައިއެވެ. ރުޅިގަދަވެފައި ތިބި ބިދޭސީން، ތިންމަހުގެ މުސާރައަށް ޑިމާންޑްކޮށް ހަޅޭއްލަވައި، ޔޫސޭމެންނާ ދިމާކޮށްލާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.
މި ވާހަކަތައް ޔޫސޭ އެ ވަނީ މާކުރިންވެސް އަހަރެމެންގެ ސަމާލުކަމަށް ގެނެސްދީފަ. https://t.co/zXsvPbpl42
— Ali Hussain (@AleeVoice) July 4, 2020
" ތިޔައިން އެއްވެސް މީހަކު ލައްވާ އެކަހެރި ރަށެއްގައި ބުރަ މަސައްކަތް ހައެއްކަ މަސްވަންދެން ކުރުވާފަ މަސައްކަތުގެ އުޖޫރަ ނުދީ ބަހައްޓާފަ ހުރެއްޖެ ނަމަ ވާނެ ގޮތް ވިސްނާލާ. މީގެ މާނަަކީ އެއްވެސް އިންސާނަކު ރަހީނު ކުުރުމަށް އަހަރެން ތާއީދު ކުރަނީއެކޭ ނޫން. "
ޙައްޤުތަކަށާއި، އިންސާފަށް ލޯބިކުރުމުގައި ކެރިގެން ވަކާލާތު ކުރަށްވާ ކަމަށް ގިނަ ރައްޔިތުންތަކެއް ދެކޭ މެމްބަރު ޢަލީ ކުރެއްވި އިތުރު ޓުވީޓެއްގައި ބުނެފައި ވެއެވެ.
މިހާރު ރާއްޖެގައި ދިމާވެގެން އުޅޭ ބިދޭސީންނަށް މުސާރަ ނުދިނުމުގެ މައްސަލަ ފެންމަތިވެ، ވަނީ މުޅި ޤައުމުގެ ލޯ އެކަމަށް ހުއްޓިފައެވެ.
މިމަހުގެ 2 ވަނަ ދުވަހު ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގައި ބަޔަކު ރަހީނުކުރީ އެ ރަށުގެ ބައެއް މަސައްކަތްތައް ކުރަން ހަވާލުވެފައިވާ ރިޒް ޕްރައިވެޓް ލިމިޓެޑްގެ 200 ވަރަކަށް ބިދޭސީ މުވައްޒަފުންނެވެ. އެމީހުން ހަމަނުޖެހުމަކަށް ދިޔައީ މުސާރަ ނުދީ، އެ ރަށުން ފޭބިޔަވެސްް ނުދީ ތިބޭތާ އެތައް މަހެއް ވީ ފަހުންކަމަށް ރިޒް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް އެކަމުގެ ޒިންމާ އެކުންފުނިން އެޅުވީ ޑިވެލޮޕަރު، ސީލް މޯލްޑިވްސްގެ ބޮލުގަ އެވެ. މީހުންނަށް މުސާރަ ނުދެވުނީ ސީލް އިން ޕޭމަންޓްތައް ނުދީގެން ކަމަށް އެގޮތުން ބުންޏެވެ. އެކަމާއި ގުޅިގެން ސީލް މޯލްޑިވްގެ ވަކީލުން މިއަދު ބުނެފައި ވަނީ އެއީ ދޮގެއް ކަަމަށާއި ރިޒް މޯލްޑިވްސް އަށް ދޭން ޖެހޭ ވަރަށް ވުރެ އިތުރަށް ވެސް ފައިސާ ދީފައިވާ ކަމަށެވެ.
ފަހުގެ ތާރީހެއްގައި ބިދޭސީންތަކެއް ހިންގި އެންމެ ބޮޑުއެއް ހަމަނުޖެހުމުގެ ތެރެއިން، ދިވެހިންތަކެއް ރަހީނުކޮށްގެން ތިބި ބިދޭސީން ތިބި ބޮޑުފިނޮޅަށް އަރައި، އެ މައްސަލަ ހައްލުކުރުމަށް ފުރަތަމަ ދިޔަ ފުލުހުންގެ ޓީމް ރަށާއި ކައިރި ކުރުމުން ދަނގަޑާއި ގަލުން ފުލުހުންނަށް ވަނީ ހަމާލާދީފައެވެ.
މާލެއިން ބައެއް ފުލުހުން ގޮސް ހިނގި ހާއްސަ އޮޕަރޭޝަނެއް ހިންގައި 19 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ ހުކުރު ދުވަހުހެ ހެނދުނުއެވެ. އެ 19 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭދަފުށި މެޖިސްޓްރޭޓު ކޯޓަށް ހާޒިރު ކުރުމުން ތަހުގީގު ކުރިއަށް ގެންދިޔުމަށް އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި އެންމެންވެސް މިއަދު ކޯޓަށް ހާޒިރުކޮށް ފުލުހުން ވަނީ ގިނަ ކުށްތަކެއްގެ ތުހުމަތުތަކެއް މިމީހުންގެ މައްޗަށް އުފުލާފައެވެ. އޭގެތެރޭގައި ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ބައެއް ކުށްތައް ވެސް ހިމެނެއެވެ. ބަންދުގެ މަޖިލީހުގައި ވާހަކަދައްކަވަމުން ފުލުހުން ބުނީ ރިޒް ޕްރައިވެޓް ލިިމިޓެޑް ކުފުންފުނީގައި މަސައްކަތްކުރާ 190 ބިދޭސީނަށް މުސާރަ ނުލިބޭކަމަށް ބުނެ އެކަމުގެ ރުޅިވެރިކަމުގައި ގެއްލުން ދީފައިވަނީ އެރަށުގައި ހުރި ސީލް މޯލްޑިވްސް ކުންފުނީގެ މުދަލަށްކަމަށެވެ.
މި 19 މީހުންގެ ތެރެއިން ބައެއް މީހުން މިއަދު ވަނީ އެމީހުންގެ ހާލަތު ކޯޓުގައި ކިޔައިދީފައެވެ. އޭގެ ތެރެއިން އެކަކު ބުނީ ތަކެއްޗަށް ގެއްލުން ދިން ކަމަށާއި އެކަން ކުރެވުނީ މުސާރަ ނުދޭތާ 6 މަސްދުވަސްވީމަ ގޮތް ހުސްވެގެން ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުން ބުނީ އާއިލާއަށް ލާރި ނުފޮނުވޭތީ އާއިލާގެ ހާލަތުވެސް ދަށްވެފައިވާ ކަމަށާއި، އާއިލާއިންވެސް ގުޅާކަމަށެވެ.
މީގެއިތުރުން މުސާރަ ނުލިބޭތީ ޝަކުވާކުރުމުން، މުސާރަ ނުދޭނެ ކަމަށް ބުނެ އެރަށަށް ބަޔަކު ފޮނުވައިގެން އެ މީހުނަށް ބިރު ދައްކާފައިވާ ކަމަށްވެސް ބައެއް މީހުން ބުނެފައި ވެއެވެ. އަދި މުސާރަ ނުދީ މާލެ ފޮނުވާލާނެ ކަމަށްބުނެ ބުނެ ބައެއް ދިވެހިން ބިދޭސީނަށް ބިރު ދައްކާފައިވާ ކަމަށްވެސް އެމީހުން ބުންޏެވެ.
ބޮޑު ފިނޮޅަކީ ސީލް މޯލްޑިވްސް އިން ތަރައްޤީކުރަމުން އަންނަ ރިސޯޓްކެވެ. އެރަށުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ރިޒް ޕްރައިވެޓް ލިމިޓެޑާއިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!