2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން ފެތުރެންފެށި ކޯވިޑް-19 ވައިރަސް މިހާތަނަށް ދުނިޔޭގެ 11 މިލިއަނަށް ވުރެ ގިނަ މީހުންނަށްޖެހި، 6 މިލިއަނަށްވުރެ ގިނަ މީހުން އެ ބަލިން ރަނގަޅު ވެއްޖެއެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވި ކަމާއި އެކު މިބަލި ފެތުރެމުން ދާއިރު، އަދިވެސް މިބައްޔަށް އެދެވޭ ފަރުވާއެއް ހޯދުމުގައި ދުނިޔެވަނީ ނުކުޅެދިފައެވެ. އެހެންނަމަވެސް މިބަލި ޖެހޭ މީހުން ތެރެއިން ފަރުވާއަކާއި ނުލައިވެސް ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު ދަނީ ބާރު މިނެއްގައި އިތުރުވަމުންނެވެ.

Ad
rt

4 ޖުލައި 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 7:00 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)

ޕޮޒިޓިވްވި މީހުންގެ ޢަދަދު: 11,190,680
މަރުވި މީހުންގެ ޢަދަދު: 529,113
ރަނގަޅުވި މީހުންގެ ޢަދަދު: 6,297,911

އިއްޔެވެސް ފާހަގަ ކުރެވެނީ ގިނަ ބަޔަކަށް މިބަލި ޖެހުނު ދުވަހެއް ގޮތުގައެވެ. އިއްޔެ ވަނީ 209,028 މީހުންނަށް މިބަލި ޖެހިފައެވެ. އަދި ޖުލައިމަހުގެ 2 ވަނަ ދުވަހުވެސް ވަނީ މިބައްޔަށް 209,379 މީހުން އަލަށް ޕޮޒިޓިވް ވެފައެވެ.

ކޯވިޑް ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވާ ޤައުމުގެ ގޮތުގައި އޮތީ އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވެފައިވާ ދުނިޔޭގެ ގަދަ ބާރު، އެމެރިކާއެވެ. އެގައުމުން އެކަނި ވެސް 132,101 މީހުން މިހާތަނަށް މިބަލީގައި މަރުވެފައި ވާއިރު އެގައުމުގައި އެބަށްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2,890,588 އަރާފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 1,235,488 މީހުންނެވެ.

ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޤައުމުގެ ގޮތުގައި އޮތީ 1,543,341 މީހުން ޕޮޒިޓިވް ވެފައިވާ ބްރެޒިލްއެވެ. އެ ޤައުމުން ވަނީ 945,915 މީހުން މަރުވެފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 697,526 މީހުންނެވެ.

ތިން ވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ވެފައިވަނީ ރަޝިޔާއިންނެވެ. އެ ޤައުމުން 667,883 މީހުން ޕޮޒިޓިވްވެ 9,859 މީހުން ވަނީ މަރުވެފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 437,893 މީހުންނެވެ.

ޤައުމުތަކުގެ މާލީ ދަތިތަކާއި، އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން ގިނަ ޤައުމު ތަކަކުން ދަނީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުންނެވެ. އަދި ބަލި ކޮންޓްރޯލްވިކަމަށް ބުނެވެސް ބައެއް ޤައުމުތަކުން ދަނީ ލުއި ދެމުންނެވެ.

މިބަލި ކުރިން އެންމެ ބާރަށް ފެތުރެންފެށި ޔޫރަޕުން ބަލި ފެތުރުން ކޮންޓްރޯލް ވުމުގައި ކުރިއެރުން ހޯދާފައިވިޔަސް ދުނިޔޭގެ އެހެން ބައެއް ސަރަޙައްދުތަކުން ބަލި ޖެހޭ މީހުންގެ ނިސްބަތް އަންނަނީ އިތުރު ވަމުންނެވެ.

އަވަށްޓެރި އިންޑިއާއަކީ މިބަލި ހަލުވިކަމާއިއެކު ފެތުރެމުންދާ އެއް ޤައުމެވެ. އެ ޤައުމުގެ 649,889 މީހުން މިބަލީގެ ޝިކާރައަކަށް ވެފައި ވާއިރު، އެ ޤައުމު އޮތީ އެންމެ ގިނައިން ބަލި ޖެހުނު ޤައުމުތަކުގެ ލިސްޓުގެ 4 ވަނައިގައެވެ. އެ ޤައުމުން މިހާތަނަށް ވަނީ މިބަލީގައި 18,669 މީހުން މަރުވެފައެވެ. އިއްޔެވެސް އެ ޤައުމުން ވަނީ 22,721 މީހުންނަށް އަލަށް ބަލި ޖެހިފައެވެ.

މިބަލި ޖެހުނު މީހުންގެ ޢަދަދު 10 މިލިއަނަށް އެރީ ހުސްވި ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ. އެ މަހުގެ 21 ވަނަ ދުވަހު މިބަލި ޖެހުނު މީހުންގެ ޢަދަދު 9 މިލިއަނަށް އަރާފައިވާއިރު، ޖޫން 15 ވަނަ ދުވަހު ވަނީ ބަލި ޖެހުނު މީހުންގެ ޢަދަދު ވަނީ 8 މިލިއަނަށް އަރާފައެވެ. އަދި ޖޫން މަހުގެ 7 ވަނަ މިބަލިޖެހުނު މީހުންގެ ޢަދަދު 7 މިލިއަނަށް އަރާފައިވާއިރު، މިބަލި ޖެހުނު މީހުންގެ ޢަދަދު 6 މިލިއަނަށް އަރާފައި ވަނީ ހުސްވި މެއި މަހުގެ 30 ވަނަ ދުވަހުއެވެ.