ރ. އަލިފުށީގައި އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މީޑިޔާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ އިއްޔެގެ 24:45 ހާއިރު މިމައްސަލަ ފުލުހުންނަށް ހުށައެޅިފައިވާކަމަށެވެ. އެހާދިސާއާއި ގުޅިގެން ފުލުހުން ވަނީ 32 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރުކޮށްފަ އެވެ.

Ad
rt

އެގޮތުން މައްސަލަ ހުށަހެޅުމާއެކު އެ ސީންއަށް ގޮސް އަނިޔާ ލިބުނު މީހާ އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު މައުލޫމާތު ދެމުން ބުނެފައިވަނީ މިކަން ކޮށްފައިވަނީ އެ އަންހެން މީހާގެ ކުރީގެ ފިރިމީހާ ކަމަށެވެ. މިދެމީހުންނަށް ދަރިއަކު ހުންނަކަމަށްވެސް އެމީހާ ބުނެފައިވެއެވެ.

އެރަށުތެރޭގައި އަޑު ފެތުރިފައިވަނީ މިކަން ކޮށްފައިވަނީ ނަމާދަށް ހުއްޓާ ހިފަހައްޓައި ގަދަކަމުންކުރި ކަމެއްކަމަށެވެ.