ރާއްޖޭގައި ކޯވިޑް-19 އަށް ދަރުމަވަންތަ ހޮސްޕިޓަލު (ޑީއެޗް11)ގައި ފަރުވާ ދެމުން ދިޔަ ފިލިޕީންސްގެ މީހަކު މަރުވެއްޖެއެވެ.

މިމީހާ މަރުވެފައި ވަނީ މިއަދުގެ 1:50 ހާއިރުގައި ކަމަށާއި، މިމީހާ އަކީ 43 އަހަރުގެ ފިރިހެނެއް ކަމަށް ލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވާފައި ވެއެވެ

Ad
rt

މިމީހާއަކީ އުމުރުން 43 އަހަރުގެ ފިލިޕީންސްގެ ރައްޔިތެކެވެ. މިމީހާއަކީ ރާއްޖެއިން ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވާ ހަމައެކަނި ފިލިޕީންސްގެ މީހާއެވެ.

މީގެކުރިން ކޯވިޑް19 ޖެހިގެން ރާއްޖެއިން މަރުވެފައި ވަނީ ހަތަރު ދިވެހީންނާއި، ބަންގްލަދޭޝްގެ ހަތަރު މީހުންނެވެ. މިއަދު މަރުވި ޕިލިޕީންސް މީހާއާއިއެކު ރާއްޖެއިން ކޯވިޑް -19ޖެހިގެން މަރުވެފައިވަނީ 9 މީހުންނެވެ.

ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުންދާ ބަލިމީހުންގެ ތެރެއިން ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ ހާލު ބޮޑު ތިން މީހުން އިއްޔެ ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް 2،337 މީހަކު މިހާތަނަށް ވަނީ ފެނިފައެވެ. އޭގެ ތެރެއިން 1،927 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.