މުޅި މީސްމީޑީޔާގައި "އަރަހެންގެ ޙައްޤު ވަނީ އިސްލާމްދީނުން ކަށަވަރުކޮށްދީފައި" BanUthema# މިއަޑުން ގުގުމާލައިފިއެވެ.
އުތެމަ ޖަމްޢިއްޔާއިން އދ ގެ ސީޑޯއަށް ހުށަހަޅާފައިވާ ރިޕޯޓުގައި އިސްލާމްދީނާ ފުށުއަރާ ވަރަށް ގިނަ މާއްދާތަކެއް ހުރުމާއި ، އުތެމަ އާއި އެމްޑީއެން ގުޅިގެން މިދިޔަ އަހަރު ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ރާއްޖޭގައި އެހެން ދީންތަކުގެ މީހުން އަޅުކަން ކުރާ ތަންތަން އެޅުން ހުއްދަ ކުރުމާއި ، އެއް ޖިންސުން ގުޅުން ހިންގުމަކީ ޤާނޫނީ ކުށެއް ކަމަށް އޮތް އޮތުން އުވާލަން ޖެހޭ ކަމަށް ހުށަހަޅާފައި ވުމުން ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންތަކެއް ސޯޝަލް މީޑިއާގައި އުތެމަ އާ ދެކޮޅަށް އަޑު އުފުލައިފިއެވެ.
" އަރަހެންގެ ޙައްޤު ވަނީ އިސްލާމްދީނުން ކަށަވަރުކޮށްދީފައި #BanUthema " މި ޝިޢާރުގު ދަށުން ވަރަށް ގިނަ ރައްޔިތުންތަކެއް ވަނީ މި ޢިބާރާތް ފޭސްބުކާއި ޓްވިޓާ އަދި ވައިބާ ފަދަ ޕްލެޓް ފޯމުތަކުގައި ހިއްސާ ކޮށްފައެވެ.
އުތެމަ އިން ޙައްޤުތަކުގެ ނަމުގައި ގެންނަން އުޅޭ އިސްލާމްދީން ޙަރާމް ކުރައްވާފައިވާ ކަންކަމާ ދެކޮޅަށް އަދިވެސް ދަނީ މީސްމީޑިއާގައި އިޙްތިޖާޖު ކުރަމުންނެވެ.
އުތެމަ ގެ ދިފާޢުގައި މިހާތަނަށް ވާހަކަ ދައްކާފައި ވަނީ، އެމްޑީއެން ގެ ޝަހިންދާ އާއި މުޝްފިޤުފަދަ މަދު މީހެކެވެ. އެމްޑީއެންގެ ރިޕޯޓުގައި މާތް ނަބިއްޔާ އާއި އިސްލާމްދީނަށް ތައުހީނު ކުރެވިފައިވާ ކަމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ނެރުއްވި ބަޔާނެއްގައިވެސް ވަނީ ހާމަކުރައްވާފައެވެ.
ޙައްޤުތަކުގެ ނަމުގައި އެއްޖިންސުން ގުޅުން ހިންގުން ހުއްދަ ކުރުމަކީ ދިވެހިން ބަލައިގަންނަ ކަމެއް ނޫންކަން ހާމަކުރަމުން ދިވެހިން މީސްމީޑިއާގައި އިޙްތިޖާޖު ކުރަމުން ދިޔަ ކަމުގައި ވީނަމަވެސް، އަދިވެސް ރަސްމީ އެއްވެސް އިދާރާއަކުން އެކަމާ މެދު އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ. އަދި ރާއްޖޭގެ ދީނީ ވަޙުދަތުގެ ބެލެނިވެރިކަން ހަވާލުކުރެވިފައިވާ އިސްލާމިކް މިނިސްޓްރީންވެސް އެއްވެސް އެއްޗެއް އެކަމުގައި ހާމަކޮށްފައި ނުވެއެވެ. އަދި ހަމައެހެންމެ ، ޖަމްޢިއްޔާތަކާ ބެހޭ ޔޫތު މިނިސްޓްރީވެސް އެއްޗެކޭ ބުނެފައި ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!