‘ދެމެހެއްޓެނިވި ލާމަރުކަޒީ ތަރައްގީގެ ވާހަކަ ދައްކާލަމާ" މި ޝިޔާރުގެ ދަށުން ބޭއްވޭ 2 ވަނަ ޕެނެލް ޑިސްކަޝަން 26 ޖޫން ވާ ހުކުރުދުވަހުގެ ރޭ 9.00 ގައި ފަޅުއަލިރަތްމުތް ފޭސްބުކް ޕޭޖްއިން ލައިވް ކުރާނެކަމަށް މި ޕެނަލް ޑިސްކަޝަން އިންތިޒާމްކުރާ ފަރާތުން ހާމަކޮށްފިއެވެ.
މި ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވަނީ ނ. ވެލިދޫ ކައުންސިލްގެ ރައީސް އަސްމާ ހުސައިން، ދިމަސްވެރިންގ އެންޖީއޯގެ ރައީސް އަޙްމަދު ޝާފިއު، ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު އަދި ކުރީގެ މިިނިސްޓަރ އޮފް ފައިނޭންސް ޑރ. އަޙްމަދު އިނާޒްއެވެ. ބަހުސް ފެސިލިޓޭޓް ކުރައްވަނީ މޯލްޑިވްސް މީޑިޔާ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ނަޒީފް އެވެ. ނަޒީފް އަކީ ލާމަރުކަޒީ ނިޒާމަށް އަދި ދެމެހެއްޓެނިވި ތަރައްޤީއަށް ވަކާލާތުކުރަމުން އަންނަ ފަރާތެކެވެ.
މި ޕެނެލް ޑިސްކަޝަން މިފަހަރު ހާއްސަކޮށްލެވިފައިވަނީ "އިގްތިސާދީ އަދި މާލީ ބާރުވެރިކަން" މި މަޢުލޫގެ މައްޗަށެވެ. ‘ދެމެހެއްޓެނިވި ލާމަރުކަޒީ ތަރައްގީގެ ވާހަކަ ދައްކާލަމާ" މި ސިލްސިލާގެ ދަށުން ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ބައިވެރިވެގެން ބޭއްވި ފުރަތަމަ ޕެނަލް ގިނަބަޔަކު ވަނީ ބަލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!