ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިސްއަށް ފޮނުއްވާފައިވާ ނަންތައް ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމާތާއި ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.
މިނަންތައް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވީ މިއަދު އޮތް މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގައެވެ. މިމައްސަލައިގެ ދަށުން 5 ސަފީރެއް ކަނޑައެޅުމަށް ރައީސުލް ޖުމްހޫރިއްޔާވަނީ މަޖިލިސްއަށް ހުށަހަޅުއްވާފައެވެ.
ސަފީރުކަމުގެ މަޤާމަށް އައްޔަން ކުރެއްވުމަށް ފޮނުވާފައިވާ ނަންތައް
- ޝިރުޒިމަތު ސަމީރު، މ. ޒީނާ/މާލެ - ބަންގްލަދޭޝް ސަފީރުކަމަށް.
- ސިލާ ފަރުޒާނާ ޒާހިރު، ގ. ޗޭނު/މާލެ - ޕާކިސްތާނު ސަފީރުކަމަށް.
- އާމިނަތު ޝަބީނާ، ހ. މިސްޓީލޮޖް/މާލެ - އެކުވެރި ޢަރަބި އިމާރާތު ސަފީރުކަމަށް.
- ޑޮކްޓަރ ޙުސައިން ނިޔާޒު، ހ. ނިޔާސާ/މާލެ - އިންޑިއާ ސަފީރުކަމަށް، އަދި ނޭޕާލް، ބޫޓާން، އަފްޣާނިސްތާނަށް ކަނޑައަޅާ ނޮން- ރެސިޑެންޓް ސަފީރުކަމަށް.
- އެމްބެސެޑަރ އެޓް ލާޖް، ޑރ. ޢާޞިމް އަޙްމަދު، ގ. ފަރުކަނި/މާލެ - ޖެނީވާ އޮފީހުގެ ޕާރމަނަންޓް ރެޕްރެޒެންޓެޓިވް އަދި ސްވިސް ކޮންފެޑެރޭޝަނަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް.
ބޭރުއެކި ޤައުމުތަކަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުން އެ މަޤާމުތަކަށް އައްޔަންކުރައްވާނީ އެބޭފުޅުންގެ ނަންފުޅުތައް ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާ، މަޖިލީހުގެ ކޮމިޓީން ދިރާސާކުރެއްވުމަށްފަހު މަޖިލީހުގައި ނެގޭ ވޯޓަކުން އެނަންތަކަށް ރުހުން އޮތްކަމަށް ފާސްކުރުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!