ކޯވިޑް-19 އާއި ގުޅިގެން، ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރަމުން ސަރުކާރުން ނެގި 13 ރިސޯޓެއް ދޫކޮށްލައިފިއެވެ.

އެކަން ހާމަކުރެއްވީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒެވެ.

Ad
rt

މަބްރޫކް ވިދާޅުވީ ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރުމަށް ފަހު ދޫކޮށްލި ރިސޯޓްތަކުގެ ވިޔަފާރި އަލުން ފަށަން މަސައްކަތް ފަށާފައިވާ ކަަމަށެވެ. އެގޮތުން 13 ރިސޯޓެއް ދޫކޮށްލާފައި ވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކަރަންޓީނުގެ ބޭނުމަށް ނެގުމަށްފަހު ދޫކޮށްލި 13 ރިސޯޓު

  • ބިޔާދޫ އައިލެންޑް ރިސޯޓު
  • ފަން އައިލެންޑް ރިސޯޓު
  • ފުރަވެރި އައިލެންޑް ރިސޯޓު
  • ހޮލިޑޭ އައިލެންޑް ރިސޯޓު
  • މަޑިވަރު ރިސޯޓު
  • ރޯޔަލް އައިލެންޑް ރިސޯޓު
  • ދަ ސަން ސިޔާމް އިރުފުށި ރިސޯޓު
  • ވިލުރީފް ބީޗް ރިސޯޓު
  • ސަން އަކުއާ އިރުވެލި ރިސޯޓު
  • އަތުރުގާ އައިލެންޑް ރިސޯޓު
  • ހެރަތެރެ ރިސޯޓު
  • މެދުފުށި އައިލެންޑް ރިސޯޓު
  • ފުށިފަރު މޯލްޑިވްސް

ހެލްތު މިނިސްޓްރީގެ މަޢުލޫމާތުތައް ދައްކާގޮތުން ރާއްޖޭގައި ކަރަންޓީނު ފެސިިލިޓީތަކުގައި މިހާރު ތިބީ 140 މީހުންނެވެ. އަދި އައިސޮލޭޝަންގައި 311 މީހުން އެބަތިއްބެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަކީ މިހާރު 2,217 އެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފަ އެވެ. މިހާތަނަށް 1،816 މީހަކު ވަނީ ބަލިން ރަނގަޅުވެ ދޫކޮށްލައިފަ އެވެ. މިވަގުތު ފަރުވާގައި ތިބީ 391 މީހުންނެވެ.

ސަރުކާރުން އަންނަނީ ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ފިޔަވަހި ތަކަކަށް ބަހާލައިގެން ލުއި ދެމުންނެވެ.