ވެރިކަމުގެ ނިޒާމު ޖުމްހޫރިއްޔަތަކަށް ބަދަލުވުމުން ލިބުނީ ރަނގަޅުތޯ، ގެއްލުންތޯ ސުވާލުއުފެދޭ: ޔާސިރު

QcN9IuRYy5zE9bkI5qtsrq4xFQamfzXHkBEClQoc

  •  
  •  
  •  
  •  
  •  
  •  
  •  

ދިވެހި ޤައުމުގެ ތާރީޚަށް ބަލައިލާއިރު، ވެރިކަމުގެ ނިޒާމު ޖުމްހޫރިއްޔަތަކަށް ބަދަލުވުމާއި ގުޅިގެން ލިބުނީ ރަނގަޅުތޯ ނޫނީ ގެއްލުންތޯ މިހާރު ސުވާލުއުފެދޭ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޔާސިރު އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާއަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ކޮރޯނާ ވައިރަހުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުމާ ކުރިމަތިލުމަށް “ނިއު ނޯމަލް” ގެ ތެރެއިން “ކޮވިޑް ފްރީޒޯން” އެއް ކަނޑައަޅައި، އިޤްތިޞާދީ ޙަރަކާތްތައް ހިންގޭނެ ގޮތަކަށް ޤައުމު ހުޅުވާލުމަށް ހުށަހަޅާ ޤަރާރުގެ ބަހުސްގެ ވަގުތުގައި ދެއްކެވި ވާހަކާގައެވެ.

އެ ޤަރާރަށް ތާއިދު ކުރަށްވައި ދެއްކެވި ވާހަކާގައި ޔާސިރު ވިދާޅުވީ ކޯވިޑް-19 ޕެންޑަމިކާއި ގުޅިގެން މުޅި ޤައުމު އެއްކޮށް ލޮކްޑައުން ކޮށްގެން ތިބުމުގެ ސަބަބުން ޤައުމަށްވަނީ އިންތިހާއަށް ގެއްލުންވެފައި ކަމަށެވެ.

މުޅި ހުރިހާ ޚިދުމަތެއް މާލެ ކައިރިއަށް ބަރޯސާވެފައި އޮތުމުގެ ސަބަބުން ޤައުމު ލޮކްޑައުންކުރަންޖެހުނީ މުޅި އެކުގައި ކަމަށާއި، ޤައުމުގެ ތާރީޚަށް ބަލައިލާއިރުގައި ވެރިކަމުގެ ނިޒާމު ޖުމްހޫރިއްޔަތަކަށް ބަދަލުވުމާ ގުޅިގެން ޤައުމަށް ލިބުނީ ރަނގަޅުތޯ ނޫނީ ގެއްލުންތޯ މިހާރު ސުވާލުއުފެދޭ ކަމަށް ޔާސިރު ވިދާޅުވިއެވެ.

1932 ވަނަ އަހަރުގައި އަޅުގަނޑުމެންގެ ހާލަތު ހުރީ ކިހިނެއްތޯ؟ މާލޭގެ އާބާދީއަކީ ކޮބައިތޯ؟ ޖުމްހޫރިއްޔަތަކަށް ބަދަލުވެގެން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އިއްޒަތްތެރި ރައީސް، ހަމަ ޕޮލިސީއެއްގެ ތެރެއިން ވަކި ސަރަހައްދެއްގެ އާބާދީ އިތުރުކޮށް، މާލެއަށް އާބާދީ އިތުރުކުރުމަށް ޓަކައި ސިޔާސަތުތައް ކަނޑައެޅިގެން އެ މަސައްކަތް ކުރެވުނު ތަން އިއްޒަތްތެރި ރައީސް. އެގޮތުގެ މަތީން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭ ގިރާވަރުގެ ރައްޔިތުންނާއި، މިހެން ހުރިހާ އެންމެން މާލެއަށް އަންނަން މަޖުބޫރުކުރެވި، މި ސަރަހައްދު އެއްކޮށް ތަރައްޤީކުރެވުނު. އެކަމުގެ ސަބަބުން މިއަދު މާލޭގެ ޙަޤީޤީ ރައްޔިތުންނަށް ވެސް ހިންދެމިލައިގެން ނިދައިނުލެވިފައި. އިއްޒަތްތެރި ރައީސް. މުޅި ދިވެހިރާއްޖޭގެ އިޤުތިޞާދު މިއަދު ސަރަހައްދަށް ބަރޯސާވެފައި

މެމްބަރު ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ މުދާ އެތެރެކުރުމާއި މި ހުރިހާ އިންޑަސްޓްރީތަކެއް ވެސް ހުރީ މާލެ ސަރަހައްދުގައި ކަމަށާއި، ދިވެހިރާއްޖޭގައި އެހެން ސަރަހައްދުތަކުގައި މި އިންޑަސްޓްރީތައް ކުރިނާރައިގެން  އުޅެނީ ކީއްވެގެންތޯވެސް ސުވާލު އުފެދޭ ކަމަށެވެ.

އަސާސީ ކަންތައްތަކުގެ ވާހަކަ ބާއްވާފައި ކުދިކުދި ކަންތައްތަކުގެ ވާހަކައަށް ބަލާލި ނަމަވެސް އުފެދޭ ސުވާލުތައް ގިނަކަމަށް ޔާސިރު ވިދާޅުވިއެވެ.

އެސްޓީއޯއިން އަޅުގަނޑުމެންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނެތީ ކީއްވެގެންތޯ؟ ދިވެހިރާއްޖޭގެ ތެޔޮ ހަމައެކަނި ރައްކާކުރަންޖެހޭނީ ކައިރީގައި މި އޮތް ފުނަދޫގައިތޯ؟ ދިވެހިރާއްޖޭގައި އެހެން ސަރަހައްދެއް ނެތީތޯ ތެޔޮ ރައްކާކުރާނެ؟

ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ ރަނގަޅު ނަތީޖާ ހާސިލްކުރަން އެދޭނަމަ ވާހަކަ ދެއްކުމަކުން ނުވާނެ ކަމަށާއި، ވިސްނުން ބަދަލުކޮށް އެފަދަ ޕޮލިސީތައް ބަދަލުކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދު ތަކުގައިވެސް ތެލާއި ކާޑާއި، މި ބާވަތްތައް ލިބެން ހުންނަންޖެހޭނެ ކަމަށްވެސް ޔާސިރު ވިދާޅުވިއެވެ.

ރާއްޖޭގެ 2 ސަރަހައްދުގައި ހިތަދޫ ރީޖަނަލް ޕޯޓާއި ކުޅުދުއްށީގައި ރީޖަނަލް ޕޯޓެއް ތަރައްޤީކުރެވިފައި އެބައޮތް ކަމަށާއި، ފެނިގެންދިޔައީ ސަރުކާރުތަކުގެ ތެރެއިން 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި އެކަނި ބަނދަރުތަކަށް އިންސެންޓިވްސް ދީގެން އެ ބަނދަރުތައް ތަރައްޤީކުރަން މަސައްކަތްކުރެވުނު ތަން ކަމަށް ޔާސިރު ވިދާޅުވިއެވެ.

ވެރިކަން ބަދަލުވުމާ އެކީގައި މުޅި ސިޔާސަތު އެއްކޮށް ބަދަލުވެ، އެ ތަންތަނުގެ ބޭނުން މިއަދު މި ވަނީ ކެނޑިފަ. ތަނެއް ތަރައްޤީވާނީ އެކަމަށް ޓަކައި އަޅުގަނޑުމެން ޕޮލިސީތަކެއް ކަނޑައަޅައިގެން، އެ ތަންތަނަށް މީހުން ދަތުރުކުރާނެ ގޮތަށް، ވިޔަފާރިތައް ވެސް ދާނެ ގޮތަށް އެ ކަންތައްތައް އެކުލަވައިލައިގެން.

ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ ޓޫރިޒަމްގެ ހަބަކަށްވެސް ހަދާފައި ވަނީ މާލެ ސަރަހައްދުކަމަށާއި، ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް ޓުރިޒަމް ކުރިއަރުވަން އެދެވޭ މަސައްކަތް ކޮށްގެން މެނުވީ އެދެވޭ ނަތީޖާ ނުފެންނާނެ ކަމަށެވެ. އަދި މަސްވެރިކަމަށް ބެލިނަމަވެސް މަސްކިރުވަން އަންނަން ޖެހެނީ މާލެއަށް ނޫނީ ހުޅުމާލެއަށް ކަމަށާއި، އެއީ އެކަން ވާންޖެހޭނެ ގޮތެއް ނޫން ކަމަށެވެ.

” އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، މިއަދު ޓުއަރިޒަމް އިންޑަސްޓްރީގައި އަޅުގަނޑުމެންގެ މަސައްކަތްކުރާ ދިވެހިންގެ ވާހަކަ. އިއްޒަތްތެރި ރައީސް، އެންމެ ފަހުން 21 ޑިސެންބަރު 2012 ވަނަ އަހަރު، ނެރެފައި އޮތް މިނިސްޓްރީގެ އިރުޝާދަކީ %45 ދިވެހިން ތިބެންޖެހޭނެކަން. %50 އަށް ފޮރިނަސް ގެންގުޅެވިދާނެކަން. އެހެންނަމަވެސް، އަޅުގަނޑު ފާހަގަކޮށްލަން! މިއީ މިއަދު އަޅުގަނޑުމެން ބަލަންޖެހޭ ކަމެއް. ރިސޯޓުތަކުގައި ވަޒީފާތަކުގައި އެ އަދަދަށްތޯ މީހުން ތިބީ. ދިވެހިން ތިބީ އެ އަދަދަށްތޯ. އަޅުގަނޑު ހަމަ ގޮވާލަން މިނިސްޓްރީއަށް، މި ކަންތައް ބަލައި ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ހަމަ ތަޙުޤީޤުކުރަން.”

ޔާސިރު ވިދާޅުވިއެވެ.

މި ޤަރާރުގެ ބަހުސް ނިންމަވާލަމުން ޔާސިރު އިތުރަށް ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރި ކަމުގެ ދާއިރާގައި އެކި ވަޒީފާތަކުގައި ދިވެހިން ތިބި ނިސްބަތް ދެނެގަނެ، ދިވެހިންނަށް ފުރުސަތު ދީފައިއޮތްތޯ ބަލައި، އެކަން ތަޙުޤީޤުކޮށް، ދިވެހިންނަށް މި ފުރުޞަތުތައް ހޯދައިދިނުމަށް މަސައްކަތްކުރުމަށް ގޮވާލަށް ވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި