ހައްޖުގެ އަޅުކަމުގައި މިއަހަރު ބައިވެރިވެވޭނީ ސައުދީ އަރަބިއްޔާގައި ދިރިއުޅޭ މީހުންނަށް އެކަނި ކަމަށް އެގައުމުގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން މިރޭ ނިންމައިފިއެވެ.

ހައްޖު އެންޑް އުމްރާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ނިންމުން މިގޮތަށް ނިންމީ ކޮވިޑް-19 ގެ މި ހާލަތުގައި ވެސް ހައްޖުގެ އަޅުކަން ސިއްހީ ގޮތުން ވެސް ރައްކާތެރިކަމާއެކީ އަދާކުރެވޭނެ ގޮތަކީ މިއީ ކަމެއް ފެންނާތީ ކަމަށްވެސް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

Ad
rt

ސައުދީ ސައުކާރާއި ހަވާލާދީ ސައުދީ ގެޒެޓުގައި ބުނެފައިވަނީ 2020 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ވަކި އަޑަދަކަށް ކަމަށާއި އެއީވެސް ވަކި ޤައުމުތަކެއްގެ ބަޔެއްކަމަށެވެ.

ސައޫދީ އަރަބިއްޔާ ސަރުކާރުން ޙައްޖަށް މީހުން ގެންދިއުމަށް އެންމެ ފަހުވަގުތު ފުރުޞަތު ހުޅުވާލިނަމަވެސް ޙައްޖަށް މީހުން ފޮނުވޭވަރަށް ސަރުކާރުން މިކަމުގެ އިންތިޒާމުތައް ހަމަޖައްސަވަމުންދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މިއީ މިފަދަ ގޮތަކަށް ހައްޖުގެ އަޅުކަން ކުރިއަށް ގެންދާ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ. މިއަހަރުގެ ހައްޖު މޫސުން ބައްދަލުވާނީ އަންނަ ޖުލައިމަހުގެ ފަހުކޮޅާއެވެ.

މިގޮތަށް ނިންމީ ކޯވިޑް-19 ގެ މި ހާލަތުގައި ހައްޖުގެ އަޅުކަން ސިއްހީ ގޮތުން ރައްކާތެރިކަމާއެކީ އަދާކުރެވޭނެކަން ކަށަވަރު ކުރުމުގެ ގޮތުން

އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ސައުދީން ސަރުކާރުން މިގޮތަށް ނިންމުމުގެ ކުރިން މެލޭޝިޔާ، އިންޑޮނޭޝިޔާ ފަދަ ގަޢުމުތަކުންވަނީ ކޯވިޑްގެ ބިރަށް ހައްޖަށް މިއަހަރު މީހުން ނުފޮނުވަން ނިންމާފައެވެ.

ސައުދީ އަރަބިއްޔާއިން މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު 161,005 އަށް އަރާފައިވާއިރު، ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދުވަނީ 1307 އަށް އަރާފައެވެ. ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 105,175 އަށް އަރާފައެވެ.

އެ ޤައުމުން ޕޮޒިޓިވް ކޭސްތައް އެންމެ ގިނައިން ފެނިފައިވާ ރަށްތަކުގެ ތެރޭގައި ވެރިރަށް ރިޔާޟް، ޖިއްދާ، މައްކާ، ދައްމާމް، މަދީނާ، ޙުފޫފް، ޤާތިފް އަދި ވާދީ އައް-ދުވާސިރް ހިމެނެއެވެ.