ޢުމުރުން 20 އަހަރުން ދަށުގެ ޒުވާނުންތަކެއް އުފައްދައި، ހއ. ހޯރަފުށީގައި ހަރަކާތްތެރި ވަމުންއަންނަ "ހަހެތި ޖަމްޢިއްޔާ" އިން އިންތިޒާމުކޮށް ބޭއްވި "ހޯރަ ފުރަބަންދު މަދަޙަ މުބާރާތް 1441" ގެ ނަތީޖާ ފާޅުކުރުން ރޭ ބާއްވައިފިއެވެ.
ކޯވިޑް-19 ގެ ސަބަބުން ސުކޫލުތައް ބަންދުވެ، ހުރިހާ ކުދިން ގޭގައި ބަންދުވެފައި ތިބި މި ދަނޑިވަޅުގައި
އެކުދިންގެ ހިތްތަކުގައި ދީނީ ރޫހު އަށަގަންނުވާ، ވާދަވެރި ރޫހެއްގައި ދީނީ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި އެޖަމްޢިއްޔާއިން ބޭއްވި މި މުބާރާތް އަމާޒުކޮށްފައި ވަނީ އެރަށުގެ އުމުރުން 7 އަހަރާއި 15
އަހަރާއި ދެމެދުގެ ކުދިންނަށެވެ.
ހޯރަ ފުރަބަންދު މަދަޙަ މުބާރާތް 1441ގެ އެންމެ މޮޅު ތިން ކުދިން
- މުޅި މުބާރާތުން 1 ވަނަ، އާއިޝަތު އަޒްކާ އަޙްމަދު، ފަލަކް/ ހއ. ހޯރަފުށި
- މުޅި މުބާރާތުން 2 ވަނަ، ސާރާ ބިންތު އަލީ ޝަރީފް، ކުދެހިމާގެ/ ހއ. ހޯރަފުށި
- މުޅި މުބާރާތުން 3 ވަނަ، އިންޝާ މުޙައްމަދު، މެމޯސާގެ/ ހއ. ހޯރަފުށި
ހަހެތި ޖަމިއްޔާގެ މެމްބަރު އަޔާޝް އަލީ މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މުބާރާތް ކުރިޔަށް ގެންދިޔުމުގައި
ހޯރަފުށީގެ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން އެ ޖަމްޢިއްޔާއަށް ވަނީ ލިބިފައިވެއެވެ. އޭގެ ތެރޭގައި ހޯރަ ޑެއިލީ، އެފް.ސީ ފްރިގޭޓާރސް، ހައިޑްސް ޖަމިއްޔާ، ހޯރަފުށި ކައުންސިލް އަދި އަންނަމާ ލޮޑްޖް އެންޑް ޑައިވް ގެސްޓު ހައުސްގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން އެ ޖަމްޢިއްޔާއިން ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން ހޯރަފުށީގެ އާންމުންގެ ފަރާތުން އެ ޖަމްޢިއްޔާއަށް ލިބުނު ދީލަތި އެހީތެރިކަމަކީ ހަހެތި ޖަމިއްޔާއަށާއި އެ މުބާރާތައް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމުގައި އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
އުމުރުން 20 އަހަރުން ދަށުގެ ޒުވާން ކުދިން ތަކެއް އިސްނަގައިން ހޯރަފުށީގައި މިފަދަ ޖަމިއްޔާއެއް އުފައްދައި
ސީދާ ރަށަށް މަންފާ އާއި ފައިދާ ލިބޭނޭހެން ކުރެވެމުންދާ ނަމޫނާ މަސައްކަތްތަކުގައި ރަށުގެ އެހެނިހެން އުމުރުފުރާ ތަކުގެ މީހުންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުން އެ ޖަމިއްޔާއިން ފާހަގަ ކުރެއެވެ.
އެ ޖަމިއްޔާގެ ފަރާތުން ކުރިޔަށްގެންދެވޭ ހަރާކާތްތަކުގެ ތެރެއިން 20 އަހަރުން ދަށުގެ ޒުވާން ކުދިންނަށް އަމާޒު ކޮށްގެން އެއް ދުވަހުގެ ފުޓްސަލް ވަނީ ބާއްވާފައެވެ. އޭގެ އިތުރުން އަޖަމްއިއްޔާއިން ދަނީ ރަށުގެ އިޖުތިމާއީ ކަންކަމުގައި ބައިވެރިވެ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެ ޖަމްޢިއްޔާއިން ވަނީ ހޯރަފުށީ އެއަރޕޯޓް ފެހިކުރުމުގެ ޕްރޮގްރާމްގެ ދަޑުން އެއަރޕޯރޓް ސަރަހައްދުގައި ގަސްއިންދުމުގެ ހަރަކާތެއްވެސް ބާއްވާފައެވެ.
އެ ޖަމިއްޔާގެ އަމާޒަކީ ކުރިޔަށް އޮތް ތަނުގައިވެސް ގިނަ ހަރަކާތްތަކެއް ރާވައި ހިންގުމެވެ. އެ ޖަމްޢިއްޔާއިން އަންނަނީ ސްކޫލް ކުދިންނަށް ޤުރުއާން މުބާރާތެއް ބޭއްވުމަށް މިހާރުވެސް މަޝްވަރާތައް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!