ކޯވިޑް-19 ޕެންޑަމިކްގައި ޞިއްޙީ ކުއްލި ޙާލަތުގައި ވައިގެ މަގުންނާއި ކަނޑުގެ މަގުން ބަލިމީހުން އެއްރަށުން އަނެއްރަށަށް އުފުލުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ.
އެ އުސޫލުގައި ކަނޑު އުޅަނދުތަކާއި ސީޕްލޭން އަދި މަތިންދާ ބޯޓުގައި ބަލި މީހުން އެއް ރަށުން އަނެއް ރަށަށް ގެންދާންދާއިރު އަމަލު ކުރަންވީ ގޮތް ބަޔާންކޮށްފައިވެއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުގައި ސީޕްލޭގައި ބަލިމީހުން ގެންދާނެ ގޮތާ ގުޅޭގޮތުން ބުނެފައިވަނީ ބަލިމީހާ ދަތުރުކުރާއިރު ސިއްހީ ހިދުމަތްތެރިޔާގެ އިތުރުން އެހެން އެއްވެސް މީހަކު ދަތުރު ނުކުރުމަށެވެ. ބަލިމީހާ ބައިންދަން ވާނީ އުޅަނދުގެ ފަހަތު ސީޓުތަކުގައި ކަމަށްވެސް އެ އުސޫލުގައި ވަނީ ބުނެފަ އެވެ.
މަތިންދާ ބޯޓުގައި ބަލި މީހާ ގެންދާއިރު އަމަލު ކުރަން ޖެހޭނީ ތަފާތުކޮށެވެ. ދަތުރުވެރިން ބޯޓަށް އަރުވާނީ ބަލިމީހާއާއި އެހީތެރިޔާއާއި އެކީގައި ދަތުރުކުރާ ސިއްހީ ހިދުމަތްތެރިޔާއަށް ވުރެ ކުރީންނެވެ. އެގޮތުން ބަލި މީހާ މަތިންދާ ބޯޓުން ގެންދާއިރު ބަލިމީހާއާއި އެހީތެރިޔާ އާއި އެކީގައި ދަތުރުކުރާ ސިއްހީ ހިދުމަތްތެރިޔާގެ އިތުރުން އެހެން ދަތުރުވެރިން ދަތުރުކުރާނަމަ ބަލި މީހާ ބައިންދަން ވާނީ ފަހަތު ސީޓުގައެވެ. އަދި ފަހަތު ސީޓު ވަށައިގެން ކޮންމެ ފަރާތަކުންވެސް ދެ ސީޓު ހުސްކުރަން އުސޫލުގައި ބުނެފައިވެ އެވެ.
ކަނޑު އުޅަނދު ފަހަރުގައި ދަތުރުކުރާއިރު ބަލި މީހާ އުފުލާ އުޅަނދު ހުންނަން ޖެހޭނީ ވައި ދައުރުވާގޮތަށެވެ.
އުޅަނދުން ދަތުރުކުރާ އެންމެންވެސް މާސްކު އެޅުމަށް އަންގާފައިވާއިރު ކޮންމެ އުޅަނދެއްވެސް ސާފުކޮށް ޑިސްއިންފެކްޓް ކުރާނޭ ގޮތުގެ މައުލޫމާތު ވަނީ ހިމަނާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!