ކަރަންޓީނު ފެސިލިޓީއެއްގައި ހުރި އަންހެނަކަށް މީހަކު ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ފުލުހުން ބުނީ ފ. ފިލިތެޔޮ އައިލެންޑް ރިސޯޓުގައި ކަރަންޓީނުގައި ހުރި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިއަދު ހަވީރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

Ad
rt

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، އެ ރިސޯޓްގައި ކަރަންޓީންގައި ހުރި ފަރާތަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށް ތުހުމަތު ކުރަނީ އަތަނުގެ މެނޭޖަރެއްގެ ގޮތުގައި ހަވާލުވެ ހުންނެވި އެމްއެންޑީއެފްގެ އޮފިސަރަކަށް ކަމަށެވެ.

މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިމައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވެއެވެ.

މިމައްސަލައާއި ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން އަދި ހާމައެއް ނުކުރަށްވައެވެ.