ކުށުގެ ވެއްޓަށް އައިސްފައިވާ ބަދަލަކީ މި ސަރުކާރުން ކޮށްފައިވާ އިސްލާހީ މަސައްކަތުގެ ނަތީޖާ ކަމަށާއި، ފުލުހުންގެ މުއައްސަސާއަށް އައިސްފައިވާ ބަދަލު މިންކުރަން ވާނީ މާޒީގައި ފުލުހުން ހިންގާފައިވާ ކަންކަމުގެ ބަދަލުގައި މިހާރު ފުލުހުން ރައްޔިތުންނާ މުއާމަލާތް ކުރާގޮތަށް ބަލައިގެން ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއާޒް އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު އިއްޔެ ކުރި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ މުއައްސަސާ އަށް އިސްލާހީ ބަދަލު ގެނައުމަކީ ރައީސް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެއްކަމަށާއި, އެ މަސައްކަތް ސަރުކާރުން ހުއްޓާ ނުލާނެ ކަމަށެވެ.

Ad
rt

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ލީޑަރޝިޕްގެ ދަށުން ވޭތުވެދިޔަ ވިއްސަކަށް މަސްތެރޭ އިސްލާހީ ހެޔޮ ބަދަލުތަކެއް ފުލުހުންގެ މުއައްސަސާއިން ފެނިފައިވާނެ

ފުލުހުންގެ މުވައްސަސާއަށް އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ފާޑުކިއުން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ނަޒީރު ވިދާޅުވިއެވެ.

ނަޒީރު އިތުރަށް ވިދާޅުވީ ފުލުހުންގެ މުއައްސަސާ އާއި އެހެން މުއައްސަސާތަކުގައިވެސް އިސްލާހު ކުރަންވީ ކަންކަން ގިނަ ކަމަށާއި ހުރިހާ ފަރާތްތަކެއްގެ ޚާއްސަކޮށް ރައްޔިތުންގެ މަންދޫބުން ދެކޭގޮތް ހާމަކޮށް ބިނާކުރަނިވި ފާޑުކިޔުން "ޕޮލިސް ރިފޯމް" އަށް މުހިންމު ކަމަށެވެ.