މުޅި ދުނިޔޭގެ އިގްތިސާދު އަނދަވަޅަށް ވެއްޓިފައިވުމާއި ރާއްޖޭގެ އިގްތިސާދު ވެސް ދުވަހަކު ނުދާވަރަށް ދަށަށް ގޮސްފައި ވާތީ، މި ވަގުތު މިނިމަމް ވޭޖް ކަނޑައެޅުމަށް ނުފެންނަ ކަމަށާއި އެކަން ކުރަންވީ 2022 ވަނަ އަހަރުކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ފޮނުއްވާފައިވާ މިނިމަމް ވޭޖް ރިޕޯޓާ ގުޅޭގޮތުން ލަފާ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއިން މިނިސްޓަރ އޮފް ފިނޭންސްއާއާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ފުޅުދައްކަވަމުންނެވެ.

Ad
rt

މިނިސްޓްރ އަމީރު މިބައްދަލުވުމުގައި އިތުރަށް ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން މާލީ ގޮތުން ބޮޑެތި ހޭދަތަކެއްކުރަން ޖެހިފައިވާކަމަށާއި އަދި ދައުލަތުގެ ދަރަނިވެސް ވަރަށް ބޮޑުވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ

މިނިމަމް ވޭޖެއް ކަނޑައެޅުމަށް އަޅުގަނޑުވެސް ތާއީދުކުރަން، އެކަމް މިނިމަމް ވޭޖު ކަނޑައެޅުމަށް އެބަޖެހޭ 2020ގެ ޖެނުއަރީގައި ރާއްޖެ އޮތް އިޤްތިސާދު ހޯދަން، ލަފާ ކުރެވެނީ 2022 ހިސާބު އެހިސާބަށް ދެވޭނެ ކަމަށް،

އަމީރު ވިދާޅުވިއެވެ.

މީގެއިތުރުން ބިދޭސީންވެސް މިނިމަމް ވޭޖުގައި ހިމެނޭއިރު، ރެމިޓެންސް ފައިސާގެ ގޮތުގައި ރާއްޖެއިން ބޭރުވާނެ އަދަދުތައް އިތުރުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" މިނިމަމް ވޭޖާއި އެކު ޕަބްލިކް ސެކްޓަރގައި މަސައްކަތްކުރާ މުވައްޒަފުންގެ އަސާސީ މުސާރައަށް އަންނާނެ ބަދަލާއި އެކު ދައުލަތުން މުސާރައާއި ޕެންޝަނަށް ކުރާ ޚަރަދު 3.7 ބިލިއަން ރުފިޔާއަށް އިތުރުވެގެންދާނެ، މިއީ މިއަހަރު ބަޖެޓު ކޮށްފައިވާ އަދަދުތަކެއް ނޫން،"

މިނިސްޓަރ ވިދާޅުވިއެވެ.

އިޤްތިޞާދީ ކޮމިޓީގައި ހިމެނޭ މެމްބަރުންވަނީ މިނިމަމް ވޭޖެއް ކަނޑައެޅުމާއި ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަދައްވާފައެވެ.

ދައުލަތުން މުސާރައާ ޕެންޝަނަށް ހިނގާނެ ހަރަދު ގާތްގަޑަކަށް 3.7 ބިލިއަން ރުފިޔާއަށް އިތުރުވެގެން ދާނެ ކަމަށް މުސާރައިގެ ބަދަލައް އަންނާނެ ތަފާތުގެ އެސްޓިމޭޓުން އަޅުގަނޑުމެނަށް ދައްކާ،

މިނިސްޓަރު ވިދާޅުވި އެވެ.

މިނިމަމް ވޭޖްގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމުން، މުސާރައިގެ އޮނިގަނޑަށް އަންނަ ބަދަލާ އެކު ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން މިހާރުވެސް އެ އަދަދަށް ވުރެ މަތިން މުސާރަ ލިބޭ 21،974 މީހެއްގެ މުސާރަ ބޮޑު ކުރަން ޖެހޭކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، އެކަމާ ގުޅިގެން އިތުރަށް 2.3 ބިލިއަން ރުފިޔާ ބޭނުން ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިނިމަމް ވޭޖް ތަންފީޒު ކުރުމުގައި ދިވެހިންނާއި ބިދޭސީން ތަފާތު ނުކުުރުމަށް ޕޭ ކޮމިޝަނުން ލަފާދީފައިވާ ކަން ފާހަގަކޮށް މިނިސްޓަރު އަމީރު ވިދާޅުވީ، އެގޮތަށް ނިންމުމުން ރާއްޖެ އިން ބޭރުވެގެންދާ ބޭރު ފައިސާ އަނެއްކާ ވެސް އިތުރުވެގެން ދާނެ ކަމަށެވެ.

"ބިދޭސީ މުވައްޒަފުންގެ މުސާރައިގެ ބޮޑުބައެއް ރެމިޓެންސްގެ ގޮތުގައި ރާއްޖެއިން ބޭރުވާތީ މިނިމަން ވޭޖް ތަންފީޒްކޮށްފި ނަމަ ރެމިޓެންސްގެ ގޮތުގައި ރާއްޖެއިން ބޭރުވާނެ މިންވަރު އަހަރަކު ގާތްގަނޑަކަށް އަޅުގަނޑުމެން މި 6400 ރުފިޔާގެ މިންގަނޑުން ބަލާ ނަމަ 270.8 މިލިއަން ޔޫއެސް ޑޮލަރު އެޑިޝަނަލީ އިތުރުވާނެ ކަމަށް ސާވޭއިން ދައްކާ،" މިނިސްޓަރު ވިދާޅުވި އެވެ.

ގިނަމެންބަރުންވެސް ވަނީ މިނިސްޓަރގެ ވާހަކަ އަށް ތާއީދުކޮށް މިވަގުތަކީ މިނިމަމް ވޭޖެއް ކަނޑައެޅުމަށް އެންމެ ރަނގަޅު ވަގުތު ނޫންކަން ފާހަގަކޮށްފައެވެ. އެގޮތުން އަމިއްލަ ވިޔަފާރިތަކުންވެސް މާލީގޮތުން ގިނަ ގެއްލުންތަކެއްވަމުން ދާ މިދަނޑިވަޅުގައި މިނިމަމް ވޭޖެއް ކަނޑައަޅައިފިނަމަ ވަޒީފާ ގެއްލޭ ފަރާތްތައް އިތުރުވެދާނެ ކަމުގެ ބިރު އެބައޮތްކަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަކީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމަށް، މިނިމަމް ވޭޖް ބޯޑު އެކުލަވާލީ މިިދިޔަ އަހަރުގެ މަސައްކަތްތެރިންގެ ދުވަހު، މެއި މަހުގެ އެއްވަނަ ދުވަހު އެވެ.