މަދު ފުލުހެއްގެ ސަބަބުން މުޅި މުއައްސަސާ ބަދުނާމް ކުރުން ރަނގަޅެއް ނޫންކަމަށް ކަނޑިތީމު ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުﷲ ޝަހީމް ވިދާޅުވެއްޖެ އެވެ.
ޝަހީމް ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައި ވަނީ ފުލުހުންގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބަހުސް ކުރަމުން އެ މުއައްސަސާއިން ކަންކަން ކުރާ ގޮތަށް މަޖިލީހުގައި ތިބި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މެމްބަރުން ފާޑުކިއުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ޝަހީމް ކުރެއްވިޓުވީޓުގައި އިތުރަށް ބުނެފައިވަނީ ފުލުހުންގެ ތެރޭގައި ގިނައީ އިއްޒަތާއި އަބުރުވެރި ރައްޔިތުންގެ ހައްޤުގައި ރެޔާއި ދުވާލު މަސައްކަތް ކުރާ އިޙްލާސްތެރި ބޭފުޅުންކަމަށެވެ.
މަދު ބައެއްގެ ސަބަބުން މުޅި މުއައްސަސާ ބަދުނާމް ކުރުން ރަނގަޅެއް ނޫން
ޝަހީމް ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ.
@PoliceMv thereyga ginaee izzathaa aburuveri rayyithunge haquga reyaadhuvaa masahkaiy kuraa ihlaastheri beyfulhun. Madhu baehge sababun mulhi muahsasaa badhunaam kurun ragalheh noon.
— Abdulla Shaheem (@shaheeym) June 15, 2020
މީގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައިވެސް ވިދާޅުވީ ފުލުހުންގެ މުޅި މުވައްސަސާ ގޯސްކޮށްފައި ވާހަކަ ދެއްކުން ރަނގަޅު ނޫންކަމަށާއި މުޅި މުވައްސަސާ ކުށްވެރިކުރުން ރަނގަޅުނޫން ކަމަށެވެ.
އަޅުގަނޑު ދެކޭ ގޮތުގައި ޕޮލިސް ވިޔަސް އެމްއެންޑީއެފް ވިޔަސް ރައްޔިތުންގެ މަޖިލިސްވިޔަސް އެހެން ތަނެއް ވިޔަސް، އެތަނެއްގައި ތިބޭ އެންމެން ގޯހެއް ނުވާނެ. ކުރަން ވީ ކަމަކީ ނިޒާމް ވަރުގަދަ ކޮށް ފިޔަވަޅު އަޅަން ޖެހޭ ބަޔަކާ މެދު ފިޔަވަޅު އެޅުން.
ރޮޒޭނާ ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!