ޝަހީމް ފާހަގަކޮށްލެވެނީ އަމިއްލަ މަސައްކަތްތަކުގައި ކުރިއަށް ވަޑައިގަތް ބޭފުޅެއްގެ ގޮތުގަ އެވެ. އެގޮތުން ކޮންޓްރެކްޓް އުސޫލުން އެކި މަސައްކަތްތައް ނަންގަވައިގެން ކުރައްވަ އެވެ. އޭނާ ވަނީ 2008 އިން ފެށިގެން 2011 އާ ހަމައަށް ށ. ބިލެތްފަހި ރަށު ކައުންސިލަރުކަން ކުރައްވައިފަ އެވެ. އެމްޑީޕީ އުފެދުނުތަނާ ހެން 2005 ގައި އެ ޕާޓީއާ ޝަހީމް ގުޅިވަޑައިގަތެވެ. އެ ޕާޓީގެ ހުރިހާ ހަރަކާތްތަކެއްގައި ހެން ޝަހީމް ގެންދިޔައީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެމްޑީޕީގެ ގައުމީ މަޖިލިހަށް 2014 ގައި އޭނާ ހޮވިވަޑައިގަތެވެ. ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެގެން ޝަހީމް ޖަލަށް ވެސް ލާފައިވެ އެވެ.