ނޭޝަނަލް ކޮމިޝަން އޮފް އިންކުއަރީ (ކޯނި)ގެ ރިޕޯޓު މީގެ ކުރިން ރައީސް ނަޝީދު ބަލައިގަތީ މަސްލަހަތަށްޓަކައި ކަމަށާއި ނަމަވެސް ރާއްޖޭގެ ގިނަ ރައްޔިތުން އެ ރިޕޯޓު ބަލައިނުގަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.
ރައީސް ވަހީދުގެ ދެކަނބަލުން އިއްޔެ ހެނދުނު މާލެ އުސްފަސްގަނޑު ސަރަހައްދުގައި އުޅެނިކޮށް އެމްޑީޕީގެ އެކްޓިވިސްޓެއް ކަމުގައިވާ އިބްރާހިމް ޖައުފަރު (ޖެރޯ) ދިމާކޮށްލައި ފުރައްސާރަކޮށްފައިވާ ކަމަށް ވިދާޅުވެ އިއްޔެ ޓްވީޓެއް ކުރެއްވި އެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓް ކުރުމުން ފުލުހުން ދަނީ އެ މައްސަލަ ބަލަމުންނެވެ.
ރައީސް ވަހީދު އިތުރުފުޅު ހެއްދެވީ ކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މެންބަރު ސައްލެ ވިދާޅުވީ ކޯނީގެ ރިޕޯޓަކީ މުރާޖައާ ކުރަން ޖެހޭ ރިޕޯޓެއް ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު އިތުރު ކުރަން ޖެހޭ ކަމަށާއި އެ މައްސަލައަށް އިންސާފު ގާއިމުކުރުމަށްޓަކައި ގާނޫނީ އޮނިގަނޑެއް ބޭނުންވާ ކަން ސައްލެ ފާހަގަ ކުރިއެވެ. އެހެން ގައުމުތަކުގައި ވެސް އިންސާފު ނުލިބި ދިގުދެމިގެންދާ މައްސަލަތައް ބަލަނީ ސަންސެޓް ގާނޫނަކުން ފާހަގަކުރައްވައި އެ ކަން ކުރަން ގޮވާލެއްވި އެވެ.
މުހިއްމު އިންކުއަރީ ހިންގުމަށް ޓަކައި ސަންސެޓް ގާނޫނު ފާސްކުރަން ޖެހޭ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެ ކަން ކުރަން ކުރަނީ އެ ގޮތަށް މި ކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް މި މަޖިލީހުން ފާސްކުރަން ޖެހޭ. އެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ރައްޔިތުންނަށް އިންސާފު ލިބެން ޖެހޭ.
ސައްލެ ވިދާޅުވި އެވެ.
ސައްލެ ވިދާޅުވީ، ހަތެއް ފެބްރުއަރީގެ ހާދިސާ ވެފައި ވަނީ އަރަތެއް ފަދަ ހާދިސާއަކަށެވެ. އެ ކަން ހިނގި ކަމުގެ އެތައް ހެކިންތަކެއް ރާއްޖޭގައި އެބަ ތިބި ކަމަށް ސައްލެ ވިދާޅުވި އެވެ. އެ ގޮތުން މަޖިލީހަށް އެކަނި ބެލިޔަސް، އޭގެ އަނިޔާ ލިބުނު ފަރާތްތަކާއި އެ ކަމުގައި ބައިވެރިވި ފަރާތްތައް އެބަ ތިއްބެވި ކަމަށް ސައްލެ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރިގޮތާމެދު ކަންބޮޑުވުން ފާޅުކޮށް، ބޭރުގެ ބައެއް ގައުމުތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ބަސްބުނެ، ރިޕޯޓްތަކެއް ވެސް ނެރެފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމަށްފަހު، ވެރިކަމަށް ދެން އައި ސަރުކާރުންތަކުން ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކާއި، ރައްޔިތުންގެ ފައިސާ "ލޫޓު"ވާ ފައިވާ ކަމަށެވެ. ހިޔާނާތާއި ކޮރަޕްޝަނަން އިންތިހާއަށް ގޮސްފައިވާތީ، އެކަންކަމަށް ރިއާޔަތްކޮށް ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް ފަދަ ބައެއް ޖަމިއްޔާތަކުން ރިޕޯޓް ނެރުއްވާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!