2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ޗައިނާގެ ވޫހާން ސިޓީއިން ފެތުރެން ފެށި ކޯވިޑް-19 ބަލި ދުނިޔޭން ޖެހުނު މީހުންގެ އަދަދު 8 މިލިއަނަށް ވުރެ އިތުރުވެއްޖެއެވެ.
މިބަލި ޖެހުނު މީހުންގެ ޢަދަދު 7 މިލިއަނަށް އަރާފައި މިހިނގާ ޖޫން މަހުގެ 7 ވަނަ ދުވަހުއެވެ. މިބަލި ޖެހުނު މީހުންގެ ޢަދަދު 6 މިލިއަނަށް އަރާފައި ވަނީ ހުސްވި މެއި މަހުގެ 30 ވަނަ ދުވަހުއެވެ. އަދި މިބަލި ޖެހުނު މީހުންގެ ޢަދަދު 5 މިލިއަނަށް އަރާފައި ވަނީ ހަމަ މެއި މަހުގެ 20 ވަނަ ދުވަހުއެވެ.
15 ޖޫން 2020، ދިވެހިރާއްޖެ ގަޑި، މެންދުރުފަހު 14:00 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)
ޕޮޒިޓިވްވި މީހުންގެ ޢަދަދު: 8,013,241
މަރުވި މީހުންގެ ޢަދަދު: 435,971
ރަނގަޅުވި މީހުންގެ ޢަދަދު: 4,137,944
ދުނިޔޭގެ ބައްރުތަކަށް ބަލިފެތުރިފައިވާ މިންވަރު ، 15 ޖޫން 2020، ދިވެހިރާއްޖެ ގަޑި، މެންދުރުފަހު 14:00 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)
- ނޯތު އެމެރިކާ: 2,481,349
- ޔޫރަޕް: 2,205,848 މީހުން
- އޭސިއާ: 1,617,233 މީހުން
- ސައުތު އެމެރިކާ: 1,425,696 މީހުން
- އެފްރިކާ: 244,578 މީހުން
- އޯސޭނިއާ: 8,931 މީހުން
ކޯވިޑް ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާ އިންނެވެ. އެގައުމުން އެކަނި ވެސް 117,853 މީހުން މިހާތަނަށް މިބަލީގައި މަރުވެފައި ވާއިރު އެގައުމުގައި އެބަށްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2,162,144 އަރާފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 867,849 މީހުންނެވެ.
ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޤައުމުގެ ގޮތުގައި އޮތީ 867,882 މީހުން ޕޮޒިޓިވް ވެފައިވާ ބްރެޒިލްއެވެ. އެ ޤައުމުން ވަނީ 43,389 މީހުން މަރުވެފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 437,512 މީހުންނެވެ.
ތިން ވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޤައުމުގެ ގޮތުގައި އޮތީ 528,964 މީހުން ޕޮޒިޓިވް ވެފައިވާ ރަޝިޔާއެވެ. އެ ޤައުމުން ވަނީ 6,948 މީހުން މަރުވެފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 280,050 މީހުންނެވެ.
މިބަލި ކޮންޓްރޯލް ވަމުންދާކަމަށް ބުނެ ބައެއް ޤައުމުތަކުން މިހާރުވަނީ ޤައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ފަށާފައެވެ. މިބަލި ކުރިން އެންމެ ބާރަށް ފެތުރެންފެށި ޔޫރަޕުން ބަލި ފެތުރުން ކޮންޓްރޯލް ވުމުގައި ކުރިއެރުން ހޯދާފައިވިޔަސް ދުނިޔޭގެ އެހެން ބައެއް ސަރަޙައްދުތަކުން ބަލި ޖެހޭ މީހުންގެ ނިސްބަތް އަންނަނީ އިތުރު ވަމުންނެވެ.
މިގޮތުން އަވަށްޓެރި އިންޑިއާއަކީ ހަލުވިކަމާއިއެކު މިބަލި ފެތުރެމުންދާ އެއް ޤައުމެވެ. އެ ޤައުމުގެ 333,008 މީހުން މިބަލީގެ ޝިކާރައަކަށް ވެފައި ވާއިރު، އެ ޤައުމު އޮތީ އެންމެ ގިނައިން ބަލި ޖެހުނު ޤައުމުތަކުގެ ލިސްޓުގެ 4 ވަނައިގައެވެ. އެ ޤައުމުން މިހާތަނަށް ވަނީ މިބަލީގައި 9,520 މީހުން މަރުވެފައެވެ.
އަވަށްޓެރި ސްރީލަންކާ ވަނީ މިބަލި ފެތުރުން ޤައުމުތަކާ އަޅާ ބަލާއިރު ބަލި ކޮންޓްރޯލް ކުރުމުގައި ބޮޑުކާމިޔާބީ ހޯދާފައެވެ. ދުނިޔޭން ބަލި ޖެހުނު މީހުންގެ ލިސްޓްގެ 100 ވަނާގައި އެ ޤައުމު އޮތްއިރު އެ ޤައުމުން ބަލި ޖެހިފައިވަނީ 1,889 މީހުންނަށެވެ. އެ ޤައުމުން ފާއިތުވި ދުވަސް ތެރޭ މިބަލި ޖެހިފައި ވަނީ 75 މީހުންނަށެވެ. އެ ޤައުމުން މަރުވެފައި ވަނީ 11 މީހުންނެވެ.
މިހާތަނަށް 2,035 މީހުންނަށް ބަލިޖެހިފައިވާ، ދިވެހިރާއްޖެ އޮތީ މިލިސްޓްގެ 98 ވަނާގައެވެ.
މިބަލި ކޮންޓްރޯލް ކުރުމުގައި އަދި އެދެވޭ ކާމިޔާބީއެއް ހޯދިފައި ނުވާއިރު، ދުނިޔޭގެ 213 ޤައުމަކަށާއި، ސަރަހައްދަށް މިހާރު ވަނީ މި ބަލި ފެތުރިފައެވެ. ނަމަވެސް މިބަލީގައި މަރުވާ މީހުންގެ އަދަދު މިހާރު ދުނިޔޭން އަންނަނީ ދަށްވަމުންނެވެ. އަދި ބަލިން ފަސޭހަވާ ނިސްބަތްވެސް އަންނަނީ މަތިވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!