ކޯވިޑް 19 އާއި ގުޅިގެން މާލެ ސަރަހައްދުގެ ފުރަބަންދަށް ލުއި ދިނުމުން ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވެގެން ހިނގައިދާނެތީ އެކަންކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، ލޮކްޑައުންގެ މުއްދަތުގައި މާލެ ސަރަހައްދުން ރިޕޯޓުކޮށްފައިވާ ވައްކަމާއި ފޭރުމުގެ މައްސަލަތައް މަދުކަން ފާހަގަކުރެވޭ ކަމަށެވެ.
ނަމަވެސް މާދަމާއިން ފެށިގެން ގިނަ އަދަދެއްގެ މީހުން މާލޭގެ މަގުތަކަށް ނުކުންނާނެތީ އެފަދަ މައްސަލަތައް ގިނަވުމަކީ އެކަށީގެންވާ ކަމެއް
ނަވީން ވިދާޅުވިއެވެ.
މާދަމާއިން ފެށިގެން މާލެ ހުޅުވާލާއިރު ހުއްދައަކާއި ނުލައި އާންމުންނަށް ބޭރަށް ނުކުތުމަށް ހުއްދަ ދެ އެވެ. އަދި މާދަމާއިން ފެށިގެން އޮފީސްތައް ހުޅުވުމަށްވެސް ވަނީ ހުއްދަ ދީފަ އެވެ.
ނަމަވެސް ބޭރުގައި އުޅޭ އިރު މާސްކަ އަޅައިގެން އުޅުމާއި ސެނިޓައިޒާ އަބަދުވެސް އަތުގައި ގެންގުޅުމާއި ގައިދުރު ކުރުމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!