ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ފަރާތުން ރާއްޖޭގެ އިންޓަރނޭޝަނަލް އެއަރޕޯޓުތައް ފުރަބަންދަށްފަހު އަލުން ހުޅުވާލާއިރު އައު އާއްމު ހާލަތަށް ތައްޔާރީވެފައިވާ މިންވަރު ބެލުމަށް މަޝްވަރާކޮށްފިއެވެ.
މަޢުލޫމާތު ހޯދުމުގެ ގޮތުން ކަމާބެހޭފަރާތައް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ވަނީ ހާޒިރުކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މުޤައްރިރު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެފައިވަނީ ކޮމިޓީއިން ތިބީ އެއަރޕޯޓުތަކަށް ހުރި ދަތިތައް ބަލާ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް ކަމަށެވެ. .
މިއަދު ބޭއްވި ސްޓޭޓް ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް، އެސްއޯއީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެރިވި މެމްބަރުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ ބައިނަލްއަޤްވާމީ އެއަރޕޯޓުތައް ހުރީ ކޮން ފެންވަރެއްގެ ހާލަތެއްގައިތޯއާއި އެއަރޕޯޓުތައް ކޯވިޑް-19ގެ ހާލަތަށް ތައްޔާރުވެފައިވާ މިންވަރާއި ގުޅޭ އިތުރު ތަފްސީލްތައް ބޭނުންވާކަމަށް ވިދާޅުވެފައެވެ.
މައުލޫމާތު ހޯދާ ސާފުކުރަމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި އަދި މާފަރު އިންޓާރނޭޝަނަލް އެއަރޕޯޓާ ގުޅޭގޮތުންނެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޒިޔާރަތްކޮށް އެތަން ތައްޔާރުވެފައިވާ މިންވަރު ބެލުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ.
ކަމާބެހޭ ފަރާތްތައް ހާޒިރުކުރާއިރު، އިންޓަރނޭޝަނަލް އެއަރޕޯޓުތައް އޮޕަރޭޓްކުރާއިރު ހުންނަން ޖެހޭ މިންގަނޑުތަކުގެ ގައިޑުލައިން ގައި ހިމެނޭ ކަންތައްތަކާއި އެއްވަރަށް އެމްއޭސީއެލް އަދި އައިލެންޑް އޭވިއޭޝަނުން ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން ދަނީ އަންނަ މަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާ ފަތުރުވެރިންނަށް މަރުހާބާ ކިޔުމަށް ތައްޔާރުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!