މި ހިނގާ 2020 ވަނަ އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި އަރަބި ގައުމުތަކުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލުކަން ބޮޑުވެގެންދާނެ ގައުމަކަށް ރާއްޖެެ ވެދާނެ ކަމަށް ސާރވޭއަކުން ދައްކައިފިއެވެ.

ބައިނަލްއަޤްވާމީ މާރކެޓިން އަދި ޕީއާރު އޭޖެންސީއެއް ކަމަށްވާ އޭވިއާރެޕްސްއިން ކުރިއަށްގެންދިޔަ ސަރވޭގައިވަނީ މެދުއިރުމަތީގެ އެންމެ ކުރިއަރާފައިވާ 94 ޓެރެވަލް އެޖެންސީއެއް ބައިވެރިވެފައެވެ.

Ad
rt

ފަތުރުވެރިންގެ މެދުގައި އެންމެ ޑިމާންޑު ބޮޑުވާނެ ކަމަށް ޓްރެވަލް އެޖެންޓުން ލަފާކުރާ 10 ޤައުމެއްގެ ލިސްޓެއް އެކުލަވާލާފައި ވާއިރު، މިލިސްޓުގެ އެއްވަނަ އަށް ރާއްޖެ އައިސްފައިވާއިރު، ދެވަނައަށް ހޮވިފައިވަނީ އަޒަރުބައިޖާން އެވެ. އަދި ތިންވަނަ އަށް އައިސްފައިވަނީ ތުރުކީއެވެ.

މިއަހަރުގެ އޯގަސްޓް އަދި ސެޕްޓެމްބަރު މަސްތެރޭ ޤައުމުން ބޭރަށް ޗުއްޓީހޭދަކުރަންދާ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، މިއާއެކު ޓްރެވަލް އެޖެންސީތަކުން އަންނަމަހުން ފެށިގެން ދަތުރުތަކާއި ގުޅޭ ޕްރޮމޯޝަންތައް އިޝްތިހާރުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް މި ސާރވޭ ތައްޔާރުކުރި ބައިނަލްއަޤްވާމީ މަރކެޓިންގ އަދި ޕީއާރު އެޖެންސީން ހާމަކުރެއެވެ.

މިދިޔަ މެއި މަސްތެރޭ ކުރިޔަށް ދިޔަ މި ސަރވޭގައި ސައުދީ އަރަބިޔާގެ ސައުވީސް އޭޖެންސީއަކުން ބައިވެރިވެފައި ވާއިރު ޔޭއާއީންނާއި ބަހްރެއިން، ގަތަރު، ކުވެއިތު އަދި އޮމާން އިންވަނީ ޖުމްލައެކު 71 އެޖެންސީއަކުން ބައިވެރިވެފައެވެ.

ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގައި އެބައްޔަށް ފައްސިވާ މީހުން ކޮންޓްރޯލް ކުރުމަށްޓަކައި މިދިޔަ މާރިޗު މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި އެކު ފަތުރުވެރިކަމުގެ ސިނާއަތް ވަނީ ހުއްޓިފައެވެ.

ކޯވިޑް-19 އަށް އަޅާފައިވާ ފިޔަވަޅުތަކަށް އަންނަ ހޯމަދުވަހުން ފެށިގެން ލުއިދޭން ސަރުކާރުން ނިންމައި، އެކަން ޢިއުލާންކޮށްފައި ވާއިރު، ޓޫރިޒަމް މިނިސްޓްރީން އަންނަނީ ފަތުރުވެރި ކަމުގެ ސިނާއަތު އަލުން ހުޅުވާލުމަށް ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.