އޫރު މަހާއި އޫރުގެ ކާން ބޭނުން ކުރާ ބައިތަކާއި ބަނގުރަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް މަތި ކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފި އެވެ.
އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އެވެ.
ރާއްޖޭގެ އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި އޫރު މަހާއި އޫރުގެ ކާން ބޭނުން ކުރާ ބައިތަކާއި ބަނގުރަލުން މިހާރު ނަގާ 35 ޕަސެންޓުގެ ޑިއުޓީ 50 ޕަސެންޓަށް މަތި ކުރަންވަނީ ހުށައަޅާފައެވެ.
މީގެ އިތުރުން މި އިސްލާހުގައި ކެއުން ބުއިމަށް ބޭނުން ކުރާ ބާވަތް ތަކުން މިހާރު ނަގާ 15 ޕަސެންޓުގެ ޑިއުޓީ ކަނޑާލަން ވެސް ހުށަހަޅާފައިވެއެވެ. އެންމެ ފާހަގަ ކޮށްލެވޭ އެއް ބަދަލަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޕްލާސްޓިކް ރާއްޖެ އެތެރެ ނުކުރެވޭ ގޮތަށް އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ހުށަހެޅި ހުށަހެޅުމެއެވެ.
މީގެ އިތުރުން ފަރުނީޗަރާއި ގޮދަޑި އަދި ބާލީހާއި ތަންމަތިން މިހާރު ނަގަމުން ގެންދާ 20 ޕަސެންޓުގެ ޑިއުޓީ 5 ޕަސެންޓަށް ދަށް ކުރަން ހުށަހަޅާފައިވެ އެވެ. އަދި ރާއްޖެ އެތެރެ ކުރާ ކޮންމެ ސިނގިރޭޓަކުން މިހާރު ނަގަމުން އަންނަ 2 ރުފިޔާއަށް 1 ރުފިޔާ އިތުރުކޮށް ޖުމްލަ 3 ރުފިޔާ ސިނގިރޭޓަކުން ނެގުމަށް އަދި ބިޑިން ޑިއުޓީ ނަގަން ފެށުމަށް ވެސް ވަނީ ހިމަނާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!