ރާއްޖޭގައި ގާނޫނު އަސާސީއެއް ކަނޑައެޅިފައިވާ ކަމަށާއި އެހެންކަމުން ނިންމާ ނިންމުންތައް ނިމިގެންދާންޖެހޭނީ ގާނޫނު ތަކުގައިވާ ހަމަތަކުގެ މަތިންކަމަށް ދެކެވަޑައިގަންނަވާ ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލަށް ހުށަހެޅިފައިވާ އިޞްލާޙާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަބްދުﷲ ވަހީދު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގާނޫނުން އިންތިހާބު ބާއްވަންޖެހޭ މުއްދަތު ކަނޑައެޅިފައި އޮތް ކަމަށާއި ނަމަވެސް ފެނިގެންދިޔައީ ގާނޫނާއި ޚިލާފުވެ ސުޕްކުރީމް ކޯޓުން އެކަން ލަސްކުރިތަން ކަމަށެވެ.

Ad
rt

އަދި މިހާރު ފެނިގެންދަނީ ގައުމު ހުސްކަމެއްގެ ތެރެއަށް ނުގޮސް ގާނޫނާއި ގަވާއިދު ތަކުގައި ވާގޮތަށް ގައުމު ބައްޓަން ކުރެވިގެންދާތަން ކަމަށެވެ. އަދި އެއީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށްވެސް އަބްދުﷲ ވަހީދު ވިދާޅުވިއެވެ.

އެހެންނަމަވެސް ގާނޫނީ ވަކީލުންގެ ކަންކަން ކުރިއަށްގެންދިޔުމަށް ހަދާފައިވާ ބާ ކައުންސިލުން ފެނިގެންދަނީ ތަފާތު މަންޒަރެއްކަން އަބްދުﷲ ވަހީދު ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެ ބޭފުޅުން ގާނޫނުގައި ހުންނަ މުއްދަތުތަކާ އެއްގޮތަށް ޢަމަލުކުރަމުންދާތަން ފެނިގެން ނުދާ ކަމަށާއި، މީގެ ސަބަބުން އެތައް ގިނަ ދަރިވަރުންނަށް މިއަދު ގިނަ އުނދަގޫތަކާއި ދަތިތައް ކުރިމަތިވަމުންދާކަން އަބްދުﷲ ވަހީދު ވަނީ ފާހަގަކޮށްފައެވެެ.

މީގެ އިތުރުން ގާނޫނީ ވަކީލުންގެ ކަންކަން ކުރިއަށް ގެންދިޔުމަށް ހަދާފައިވާ ކައުންސިލުން ގާނޫނުގައިވާ އިންތަކަށް ބޯނުލެބުމުގެ ސަބަބުން ކުދިންނަށް ދިމާވަމުންދާ ގެއްލުންތަކަށް ހައްލުހޯދައިދޭން ޖެހޭނެ ކަމަށާއި، އެ ކުދިންނަށް އެހެން ދިމާވެފައިވަނީ މިއަދު ބާ ކައުންސިލަށް ހޮވިފައިވާ ފަރާތްތަކުގެ އިހުމާލުން ކަމަށް އަބްދުﷲ ވަހީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އެގޮތުން ގާނޫނުގައި ބުނެފައިވާ މުއްދަތުތަކާއި އެއްގޮތަށް އެ ބޭފުޅުންނަށް އަމަލު ނުކުރެވޭނަމަ ބާ ކައުންސިލްގައި މިހާރު ތިބި ފަރާތްތައް އެ މަގާމު ތަކުގައި ބައިތިއްބަން ނުފެންނަ ކަމަށްވެސް އަބްދުﷲ ވަހީދު ވިދާޅުވިއެވެ.