ނޯތް ޕޮލިސް ޑިވިޝަން (ނ،ރ،ބ،ޅ) ގެ ރަށަކުން 16 އަހަރުގެ ފިރިހެން ކުއްޖަކަށް އުނދަނގޫ ކުރާ މައްސަލައެއް މިމަހުގެ 4 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައވާ ކަމަށް އެ ފުލުހުން ހާމަކޮށްފިއެވެ.
އެގޮތުން ފުލުހުން ކުރި ތަހުގީގުތަކުން އެ ކުއްޖާއަށް އެކި ދުވަސްމަތިން ޖިންސީ ގޯނާކޮށްފައިވާކަަން އެނގިފައިވާ ކަމަށާއި މި މައްސަލައާއި ގުޅިގެން އިއްޔެ ކޯޓް އަމުރެއްގެ ދަށުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 37 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މިހާރު ފުލުހުން ގެންދަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށާއި، ކުޑަކުދިންނާއި ގުޅުން ހުރި މައްސަލަ ތަކަކީ ފުލުހުން ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ބަަލަމުން އަންނަ މައްސަލަ ތަކެއްކަމަށްވެސް އެއިދާރާއިން ހާމަކުރެއެވެ.
މީގެ އިތުރުން އެކުއްޖާގެ ނަމާއި ރަށް މީޑިޔާ ތަކާއި ހިއްސާކޮށްފައި ނުވަނީ ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރަން ކަމަށްވެސް ފުލުހުން ބުނެއެވެ.
އުތުރުގެ ރަށެއްގައި ދަރިވަރުންތަކަކާއި އެކު އެއްޖިންސުން ގުޅުންހިންގަން އުޅުނު މައްސަލައެއް ފެންމަތިވެ އެކަމާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ވެސްވަނީ ޖަހާފައެވެ. ހައްޔަރުކުރި ގުރުއާން ޓީޗަރު އޭނާގެ ހަ ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!