އަންނަ ހަފްތާއިން ފެށިގެން ހަފްތާއަކު 4 ދުވަހު ބޭންކުތައް ހުޅުވާ ހިދުމަތްދޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނެފައިވަނީ ޖޫން 14 އިން 30 ވަނަ ދުވަހުގެ ނިޔަލަަށް ބޭންކުތައް ހުޅުވާ، ޚިދުމަތް ދިނުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ބޭންކުތައް ހުޅުވަން ނިންމާފައިވަނީ ހޯމަ، އަންގާރަ ،ބުދަ ، ބުރާސްފަތި ދުވަހުއެވެ. މިދުވަސްތަކުގައި ބޭންކުތައް ހުޅުވާނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 2:00 ޖެހުމާއި ހަމައަށްކަމަށް އެމްއެމްއޭއިން ބުނެއެވެ.

Ad
rt

މިހާރު މެދުކެނޑިފައިވާ ކުދި ރުފިޔާ ދޫކުރުމުގެ ޚިދުމަތާއި ވަކި ލާރި ދޫކޮށް ބަލައި ގަތުމުގެ ޚިދުމަތް 16 ޖޫން ވާ އަންގާރަ ދުވަހުން ފެށިގެން އަލުން ފަށާނެކަމަށްވެސް އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން އެމްއެމްއޭއިން ހާމަ ކޮށްފައިވަނީ އެއޮތޯރިޓީއަށް ޚިދުމަތް ހޯދުމަށް ވަޑައިގަތުމުގެ ކުރިން 7919292 އަށް ނަމާއި، އައިޑީ ކާޑު ނުވަތަ ޕާސްޕޯޓު ނަންބަރާއި، ދިރިއުޅޭ އެޑްރެސް، ގުޅޭ ފޯނު ނަންބަރު އަދި ހޯދަން އެދޭ ހިދުމަތް ޓެކްސްޓް ނުވަތަ ވައިބާ މެސެޖު މެދުވެރިކޮށް ފޯރުކޮށްދިނުމުން މޯލްޑިވްސް ޕޮލިސް ސާރވިސް މެދުވެރިކޮށް ހޯދަން ޖެހޭ ހުއްދަ ހޯދައިދިނުމަށް ނިންމާފައިވާކަމަށެވެ