ބްރޯޑްކާސްޓިން ކޮމިޝަނަށް، މީޑިޔާގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ވީޓީވީގެ ސީނިއަރ އެޑިޓަރ، އާމިނަތު އަމީނާ (އަނާ) އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބްރޯޑްކޮމްގެ މެމްބަރު ކަމަށް އައްޔަން ކުރާނެ މެމްބަރަކު ކަނޑައަޅަން ނެގި ވޯޓުގައި އަނާއަށް ލިބުނީ 63 ވޯޓެވެ. އޭނާގެ ނަން ފާސްވުމުން ދެން އެހެން ނަމަކަށް ވޯޓަށް އަހާފައެއްނުވެ އެވެ.
މަޝްހޫރު ޕްރެޒެންޓާ، އަނާ ވަނީ ނޫސްވެރިކަމުގެ ދާއިރާ އިން ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗެލާސް ޑިގްރީއެއް އަދި އިސްލާމީ ޔުނިވާސިޓީން މާސްޓާސް ޑިގްރީއެއް ހާސިލްކޮށްފަ އެވެ.
ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުވި ލިސްޓުގައި އެ މަގާމަށް 15 މީހެއްގެ ނަން ފޮނުވި އެވެ. އޭގެ ތެރޭގައި އެންމެ ކުރީގައި އޮތީ މަޝްހޫރު ޕްރެޒެންޓާ، ޝިފްލާ އިބްރާހިމް އާއި އަނާ އަދި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަމިނަތު ނުޒުހާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!