ވިޔަފާރީގެ ބޭނުމަށް ވިއްކަމުންދާ ފޮތި މާސްކުގައި އެސްޓީއޯގެ ލޯގޯ ނުޖެހުމަށް އެސްޓީއޯއިން އިލްތިމާސް ކޮށްފިއެވެ.

އެސްޓީއޯއިން މިރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކޯވިޑް-19 އާ ގުޅިގެން ބައެއް ފަރާތްތަކުން ވިޔަފާރީގެ ބޭނުމަށް ވިއްކަމުންދާ ފޮތި މާސްކުގައި އެ ކުންފުނީގެ ނަން ޖަހައިގެން ވިއްކާން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

Ad
rt

"މިކަމަކީ މި ކުންފުނީގެ ހުއްދަ ލިބިގެން ކުރަމުންދާ ކަމަކަށް ނުވާތީ، ކުންފުނީގެ ލޯގޯ ޖެހި މާސްކް ތައްޔާރުކޮށް ވިއްކުން ހުއްޓާލުމަށް މިިކަން ކުރަމުންދާ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަން. އަދި މި ކުންފުނީގެ ހުއްދަ ނެތި މިފަދަ އަމަލުތައް ނުކުރުމަށް ނަސޭހަތްތެރިވަން."

އެސްޓީއޯއިން ނެރުނު އިޢުލާނުގައި ބުނެފައިވެއެވެ.

ކޯވިޑާއި ގުޅިގެން އެކި ކުލަކުލައިގެ ފޮތި މާސްކު ފަހައިގެން ދަނީ އަމިއްލަ ފަރާތްތަކުން ވިޔަފާރި ކުރަމުންނެއެވެ. ބައެއް މާސްކުތަކުގައި ފަހާ ފަރާތްތަކުގެ ލޯގޯ ޖަހާފައިވާކަން ފާހަގަ ކުރެވެ އެވެ. ކޯވިޑްއާއި ގުޅިގެން ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ މަގުމައްޗަށް ނުކުންނަ ނަމަ މާސްކު އެޅުމަށެއެވެ. އާޏްމުކޮން ވިއްކާ ފޮތި މާސްކުގެ އަގު އުޅެނީ 25 ރުފިޔާ އާއި 35 އާއި ދެމެދުގެ އަގެއްގައެވެ.