ގްރޭޓަރ މާލޭ ސަރަޙައްދަށް ހުއްދަ ދީފައިވާ ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކަށް ކޯވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ހާލަތާއި ގުޅޭގޮތުން ދިމާވެފައިވާ ދަތިތައް ހައްލުކުރަން މަޝްވަރާކޮށްފިއެވެ.
ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކުގެ އިސް ވެރިންނާއި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައިވަނީ އޮންލައިކޮށް ކުރިއަށް ގެންދެވުނު ބައްދަލު ވުމެއްގައެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކަށް މިދުވަސްވަރު ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމާއި ގުޅޭ ގޮތުންކަމަށް އެމިނިސްޓްރީން ހާމަކުރެއެވެ.
ކޯވިޑް-19 ފެތުރޭތީ މާލެ ސަރަހައްދު ލޮކްޑައުންކުރުމުން ޓެކްސީ ޑްރައިވަރުންގެ މަސައްކަތް ވަރަށް ބޮޑަށް ހުއްޓި، ލިބޭ އާމްދަނީ ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެއާއެކު ބައެއް ޓެކްސީ ޑްރައިވަރުން ވަނީ ރަށަށްވެސް ބަދަލުވެފައެވެ. އަދި މިނިސްޓްރީން ޓެކްސީ ޑްރައިވަރުންނަށް މިކަމުގައި މާބޮޑު އަޅާލުމެއް ނުބަހައްޓާކަމަށް ބުނެ އެ ޑްރައިވަރުންއައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސަރުކާރުން ދޭ އަމިއްލަ މަސައްކަތް ކުރާ މީހުންގެ ތެރެއިން އާންމުދަނީ ލިބުން ހުއްޓުނު މީހުންނަށް ދޭ އެލަވަންސް ހޯދުމަށް ޓެކްސީ ޑްރައިވަރުންނަށްވެސް ކުރިމަތިލެވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ބޭއްވި ވާޗުއަލް ބައްދަލުވުމުގައި ނަހުލާ ވިދާޅުވީ، ޓެކްސީ ޑްރައިވަރުންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ސަރުކާރާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ އެ މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ ގިނަ މަޝްރޫޢުތަކެއް ހަލުވިކަމާއިއެކު ކުރިއަށް ގެންގޮސްފައެވެ. އަދި އެ މިނިސްޓްރީއަކީ އާ ސަރުކާރުގައި އެންމެ ފާހަގަކޮށްލެވޭ ހިންގުންތެރިއެއް މިނިސްޓްރީކަމަށް ގިނަ ބަޔަކުވަނީ ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!