ހެނދުނު ހޭލައިގެން މީސް މީޑިއާއަށް ވަދެލި އިރު ބައެއް ރަހްމަތްތެރިންނަށް އޮޅިގެން ނުކުރެވޭ ކަމެއްނެތެވެ.
އެކަކަށް ހޭލެވުނީވެސް އޮޅިގެންނެއެވެ. ސަރުކާރުގެ ވަރަށް ގިނަ މަސްރޫއުތައް އަކުރުން އަކުރަން ކިޔާދޭ ރަހްމަތްތެރިޔާގެ ހާލު މާ ދެރެއެވެ.
އެފަކީރު އަށް ސައި ބޮވުނީވެސް އޮޅިގެންނެއެވެ. އޭނާއަށް ވެސް ސަރުކާރު ހަމަ ފައްކަލެއެވެ. އޭނާ މި ފަހަރު ހިތްޕުޅާ ނުވީ ފްލެޓް ހަވާލުކުރުން އޮޅިގެން ބުނެވުނީމައެވެ.
އެއްތަން ހާކާލާފައި ދެން ބަލާލި ވައިބަރގައި ތިބި މީހުންގެ ހާލެއެވެ. އެތަނުން ވެސް ރަހްނަތްތެރިއަކު އޮޅިގެން ތެޔޮ ރޮއްޓެއް ކަމަށް ހީކޮށް ހުނި ރޮށްޓެއް ކެވިގެން ހީވަނީ އެހެން ފަދަ ކަމެކެވެ.
އޭނާ އެހާ އައްސި އަރަނީ އޭނާ އަކީ އިދިކޮޅު ޕާޓީގެ ހުރިހާ ޖަލްސާތައް އެކުވެރިންނަށް ލައިވް ކުރާ މީހެކެއެވެ. އޭނާ އެންމެ ރުޅިއައީ ޔާމިން ސަރުކާރަށް އޮޅުނުހެން މި ސަރުކާރަށް ވެސް އޮޅޭތީއެވެ.
ދެން ވަދެލީ ފޭސްބުކްގައި ތިބި ރަހްމަތްތެރިންނަށް އޮޅިގެން ކުރެވުނީ ކޮން ކަމެއްތޯ ބަލާލަންށެއެވެ.
ފުރަތަމަ ވެސް ފެނުނީ މުއާއަށް އައްޒަކަމަށް ހީކޮށް ރިސްމީއަށް އޮޅިގެން އީދު މުބާރިކް ކީކަމަށް ބުނެ މީމްސް ޕޭޖަކުން ލިޔެލާފައި އޮތް އިބާރާތް ކޮޅެކެއެވެ.
ދެން ފެނުނީ އޮޅިގެން ހެނދުނު މުށިމަހަށް ކަމަށް ހިކޮށް ވަދާދިޔަ މީހެއްގެ ވާހަކައެކެވެ.
އޭނާ ރުޅިއައިސްފައި ހުރީ މަބުރޫކަށް ވެސް އޮޅި ސަރުކާރަށް އޮޅި މެމްބަރުންނަށް ރައްޔިތުން އޮޅޭތީއެވެ.
ކޮންމެއަކަސް މި ހަފްތާގައި އުޅެން މިޖެހުނީ މުޅިންހެން އޮޅުންގަނޑެއްގެ ތެރޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!