ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރެވްވި ޓްވީޓެއްގައި ބުނެފައިވަނީ މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް އިތުރު 22 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.

މީގެ ތެރޭގައި ހިމެނެނީ 9 ދިވެހިންނާއި ބަންގްލަދޭޝްގެ 10 މީހަކާއި އިންޑިއާގެ 3 މީހެކެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1872އަށް އިތުރު ވެފައެވެ.

Ad
rt

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 648 މީހުން ރަނގަޅު ވެފައިވާއިރު، މިބަލީގައި މިހާތަނަށް 7 މީހަކު ވަނީ މަރުވެފައެވެ. އެއީ ހަތަރު ދިވެހިންނާއި ތިން ބިދޭސީންނެވެ.

ކަރަންޓީނުގައި 1478 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 1196 މީހުން މިވަގުތާ ހަމައަށް އެބަތިއްބެވެ.