ރާއްޖޭގެ ހުރިހާ ރަށެއްގައި ހަނދުކޭތަ ނަމާދު ކުރުން މާދަމާ ރޭ 22:45 ގައި އޮންނާނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ސާރކިއުލައެއްގައި ބުނެފައިވަނީ މާދަމާ ރޭ ރާއްޖޭގެ ގަޑިން 22:45 އިން ފެށިގެން ފަނޑު ހިޔަނީގެ ހަނދުކޭތައެއް ހިފާނެކަމަށާއި މި ހަނދުކޭތަ ހިފަންފަށާނީ 22:45 ގައި ކަމަށާއި އަދި ހަނދުކޭތަ އެންމެ ބޮޑަށް ހިފާފައި
ހުންނާނީ، އެރޭގެ މެންދަމު 00:24 ގައި ކަމަށާއި ހަނދުކޭތަ ވީއްލާނީ އެރޭ މެންދަމު 02:04 ގައި ކަމަށެވެ.
މީގެ އިތުރުން ބުނެފައިވަނީ މީ ފަނޑުހިޔަނީގެ ކޭތަޔަކަށްވުމުން ކޭތަފާޅުވާނީ ވަރަށް ކުޑަކޮށްކަމަށާއި މިކޭތައާއި ގުޅިގެން ކޮންމެރަށެ އެންމެބޮޑު މިސްކިތުގައި ހޮނިހިރު ވިލޭރޭގެ މެންދަމު 00:15 ގައި ކޭތަނަމާދު ކުރުން އޮންނާނެކަމަށެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި 2020 ޖޫން 06 ވާ ހޮނިހިރު ވިލޭރޭގެ މެންދަމު 00:15 ގައި ކޭތަނަމާދު ކުރެވޭނޭ އިންތިޒާމު ހަމަޖެއްސުމަށް ހުރިހާ ކައުންސިލު އިދާރާތަކަށް ވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!