ދިވެހި ރައްޔިތުން 19 ވަނަ ރައްޔިތުންގެ މަޖްލިސް އިންތިޙާބުގައި އެމް.ޑީ.ޕީއަށް ކުރި އިތުބާރުން މިރޭ އަނެއްކާވެސް ލާމަރުކަޒީ މިނިޒާމް ސަލާމަތް ކުރެވިއްޖެކަމަށް ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޔާސިރު މިހެން ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް 5 ވަނަ އިސްލާހް ގެނައުމުގެ ޤާނޫނު އަށް އިސްލާހް ގެނައުމުގެ ބިލު ފާސްކުރުމަށް ފަހު ކުރެއްވި ޓުވީޓެއްގައެވެ. ޔާސިރު ކުރެއްވި ޓުވީޓެއްގައި އިތުރަށް ބުނެފައިވަނީ ރައީސް ޔާމިންގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމް ފުނޑުފުނޑު ކޮށްލިފަދައިން މިއަދު އެކަންކުރެވޭނެ ކަމަށް ދެކުމީ ކުންހީއެއްކަމަށެވެ.

Ad
rt

ރައީސް ޔާމިންގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމް ފުނޑުފުނޑު ކޮށްލިފަދައިން މިއަދު އެކަންކުރެވޭނެ ކަމަށް ދެކުމީ ކުންހީއެއް. ދިވެހި ރައްޔިތުން މަޖްލިސް އިންތިޙާބުގައި އެމް.ޑީ.ޕީއަށް ކުރި އިތުބާރުން މިރޭ އަނެއްކާވެސް މިނިޒާމް ސަލާމަތްކުރެވިއްޖެ

މަޖިލިސް ޖަލްސާގައި ވޯޓުލީ ގޮތުގެ ފޮޓޯ އެއް ހިއްސާކުރައްވާ ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ.

މާދަމާ ރޭ 12:00 އަށް އުމުރު ހަމަވާ ކައުންސިލް ތަކުގެ ދައުރު ދައްމާލުމަށް ރައްޔިތުންގެ މަޖިލިސްއިން ޤާނޫނު އަސާސީއަށް އިސްލާޙް ގެނައުމަށް އެމްޑީޕީއާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ މެންބަރުގެ ބޮޑު އަގުލަބިއްޔަތަކުން ފާސްކޮށްފައިވަނީ މިރޭ މެންދަމު 1:30 ގައި ފެށި މަޖިލިސް ޖަލްސާގައެވެ.

މިޖަލްސާގައި ކައުންސިލަރުންގެ ދައުރު ދަންމާލަން ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެމްބަރު ހުށަހަޅުއްވާފައިވާ ޤާނޫނު ނަމްބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް 5 ވަނަ އިސްލާހް ގެނައުމުގެ ޤާނޫނު) އަށް އިސްލާހް ގެނައުމުގެ ބިލު ފާސްކުރުމަށް 74 މެމްބަރަކު ވޯޓު ދެއްވިއެވެ.

މިބިލު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ. އަދި ވަކި ގޮތަކަށް ވޯޓުދޭން ބޭނުން ނުވާކަމަށް ވޯޓު ދެއްވި މެމްބަރަކުވެސް ނެތެވެ.

މިރޭ މަޖިލީހުން ފާސްކުރި ބިލްގައިވަނީ ޤާނޫނު އަސާސީގެ 231 ވަނަ މާއްދާއަށް ދެ އަކުރެއް އިތުރު ކުރުމަށެވެ.