ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 101 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)އިން ހާމަ ކޮށްފިއެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1773 އަށް އިތުރު ވެފައެވެ.

Ad
rt

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑެމިއޮލިޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އިއްޔެ އިރު އޮއްސި 6:00 އިން މިއަދުގެ 6:00 އަށް 101 މީހުން ކޯވިޑަށް ޕޮޒިޓިވްވެފައި ވާކަމަށެވެ.

މި މީހުންނަކީ ކުރިން މި ބައްޔަށް ޕޮޒިޓިވްވީ މީހުންނާ ޑައިރެކްޓްކޮށްޓެކްޓްވި މީހުންކަމަށާއި، މީގެތެރެއިން ކުރީގެ ކްލަސްޓާއަކާ ގުޅިފައިނުވަނީ ދެ ކޭހެއްކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިއީ ލުއިދިނުމުގެ ސަބަބުން އިތުރުވީ އިތުރުވުމަށް ނުބެލެވޭ ކަމަށްވެސް ޑރ. ޑޮކްޓަރު އަފްޒަލް ވިދާޅުވިއެވެ.

ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 407 މީހަކު ބަލިން ރަނގަޅުވެފަ އެވެ. އަދި ފަސް މީހަކު ވަނީ މަރުވެފަ އެވެ. މަރުވީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.

ރާއްޖޭގައި މަގުތު ކަރަންޓީނު ފެސިލިޓީތަކުގައި ތިބީ 1403 މީހުންނެވެ. އައިސޮލޭޝަންގައި 1258 މީހުން އެބަތިއްބެވެ.