ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން އެކުންފުނީގެ ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ބައެއް ހާއްސަ އޮފާތަކުގެ މުއްދަތު ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
އުރީދޫންއިން ބުނީ މިފެށޭ ޖޫން މަހުގެ 15 ގެ ކުރިން އޫރިދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކަށް އިތުރު 50 ޕަސެންޓު ޑޭޓާ، ހިލޭ ލިބޭނެ ކަމަށެވެ.
މީގެ އިތުރުން އޫރިދޫ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޖޫން މަހުގެ ނިޔަލަށް ހިލޭ 25 ޕަސެންޓު ޑޭޓާ ލިބޭނެއެވެ.
All our Prepaid customers will continue to receive 50% Extra Data on all monthly Data Plans activated before end of 15th June 2020. #StayHome #StaySafe #StayConnected pic.twitter.com/0hMBeldSBZ
— Ooredoo Maldives (@OoredooMaldives) May 31, 2020
އޫރިދޫއިން އަންނަނީ ކޯވިޑާއި ގުޅިގެން ކަސްޓަމަރުންނަށް ލުއިފަސޭހަ އެތައް ޚިދުމަތްތަކެއް ފޯރުކޮށް ދެމުންނެވެ.
ރާއްޖެއިން ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުރީދޫ ގްރޫޕް އާއި އުރީދޫ މޯލްޑިވްސް އިން 2.5 މިލިއަން ރުފިޔާގެ އެހީތެރިކަން ދިވެހި ސަރުކާރަށް ވަނީ ފޯރުކޮށްދީފައެވެ.
މީގެ އިތުރުން އޫރިދޫން ވަނީ ކޯވިޑް-19 އަށް ބަލިމީހުނަށް ފަރުވާ ކުރުމުގައި ބޭނުން ކުރުމަށް 50 އިންޓިއުބޭޝަން ބޮކްސް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ހަދިޔާކޮށްފައެވެ.
ރައީސް އޮފީސް، ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) އަދި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދަނީ މި ޕެންޑެމިކް އާއި ދެކޮޅަށް ގައުމީ ފެންވަރުގައި ކުރެވެމުންދާ އެންމެ މުހިންމު މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިގޮތުން ކުރެވިފައިވާ ކަންކަމުގެ ތެރޭގައި އިންޓަނެޓް ކަނެކްޝަންގެ އެހީތެރިކަމާއި، ކޮވިޑް-19 އާއި ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ކިޔަވާދިނުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!