ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 42 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1633 އަށް އިތުރު ވެފައެވެ.

Ad
rt

އެޗްޕީއޭއިން ބުނީ މިއަދު 3:00 އާއި ހަމައަށް އިތުރު 42 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ މީހުން ތެރޭގައި ހިމެނެނީ ދިވެއްސަކާއި ބަންގްލަދޭޝްގެ 28 މީހުންނާއި އަދި އިންޑިއާ 13 މީހުންކަމަށެވެ.

ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 242 މީހަކު ބަލިން ރަނގަޅުވެފަ އެވެ. އަދި ފަސް މީހަކު ވަނީ މަރުވެފަ އެވެ. މަރުވީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.

ރާއްޖޭގައި މަގުތު ކަރަންޓީނު ފެސިލިޓީތަކުގައި ތިބީ 1580 މީހުންނެވެ. އައިސޮލޭޝަންގައި 1189 މީހުން އެބަތިއްބެވެ.

މިހާތަނަށް ރާއްޖެއިން އެންމެ ގިނައިން ޕޮޒިޓިވް ވެފައި ވަނީ ބިދޭސީންނެވެ. ބިދޭސީން ތެރެއިން އެންމެ ގިނައިން މިބަލި ޖެހިފައިވަނީ 863 މީހުން ޕޮޒިޓިވް ވެފައިވާ ބަންގްލަދޭޝް މީހުންނަށެވެ. ދެންމެ އެންމެ ގިނައިން މިބަލި ޖެހިފައިވާ ބިދޭސީން ނިސްބަތްވަނީ 165 މީހުން މިބައްޔަށް ޕޮޒިޓިވްވެފައިވާ އިންޑިއާ އަށެވެ.

ރާއްޖޭގެ 554 މީހުން މިބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، ކޯވިޑް-19 އާ ގުޅޭ އެންމެ ފަހުގެ ތަފާސްހިސާބުތައް ގެނެސްދޭ ހެލްތު މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން 28 މެއި 2020 ވަނަ ދުވަހު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި 92 އަހަރުގެ ފިރިހެނަކާއި، 89 އަހަރުގެ އަންހެނަކު ވެސް ހިމެނެ އެވެ.